ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދަރުމަވަންތަ ސްކޫލްގެ ހޯލް ތަރައްޤީކުރުމަށް މާލެ ޖަލު ތަޅާލުމުގެ މަަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ނިންމާލެވޭނެ: ޑރ. އިސްމާޢީލް

male jalu
STO_Ads
TTH_Ads
Advertisement

ދަރުމަވަންތަ ސްކޫލްގެ ހޯލް ތަރައްޤީކުރުމަށްޓަކައި މާލެ ޖަލު ތަޅާލުމުގެ މަަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ނިންމާލެވޭނެކަމަށް ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ނިމިދިޔަ ސަރުކާރުން ޕްލޭންކޮށްފައި ވަނީ ދަރުމަވަންތަ ސްކޫލް ތަރައްޤީކުރި ބިމާ ޖެހިގެން ހުރި މާލޭ ޖަލު ހުސްކުރުމަށްފަހު އެތަނުގައި ހޯލެއް އެޅުމަށެވެ. ނިމިދިޔަ ސަރުކާރުން ސްކޫލް އަޅަން 3 އަހަރު ހޭދަކުރިއިރު، ހޯލެއް އަޅާފައެއް ނުވެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ތަޢުލީމީ ވަޒީރު ޑރ.އިސްމާއީލް ޝަފީޢު ވިދާޅުވީ މާލެ ޖަލު ތަޅާލުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ ޖަލު ހުސްކުރުމުގެ ޢަމަލީ މަސައްކަތްވެސް ކުރަމުންދާކަމަށާއި މިއަހަރުގެ ފަހުކުއާޓަރުގައި އެތަން ތަޅާލުމުގެ މަސައްކަތް ނިންމާލުމަކީ އަމާޒެއްކަމަށެވެ. ވަޒީރު ވިދާޅުވީ އެ ބިމުގައި ޒަމާނީ ފެންވަރުގެ ހޯލެއް ތަރައްޤީކުރެވިގެންދާނެކަމަށެވެ.

HajjCop_ads
Advertisement

” ހޯލެއް ބިނާކުރާއިރު ފެންވަރު ރަނގަޅު ހޯލެއް ތަރައްޤީކުރެވޭނެ. މަލޭގައި ހުރި އެންމެ ޒަމާނީ ހޯލަކަށް ވާނެ. ޖާގައަށް ބަލައިރުވެސް އެކިކަންކަމަށް ބޭނުންކުރޭވެނެ ގޮތަށް ތަރައްޤީކުރާނީ” ތަޢުލީމާއި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

ދަރުމަވަންތަ ސްކޫލް މިހާރު ތަރައްޤީކޮށްފައިވާ ބިމަކީ ޖާގަ ބޮޑު ބިމެއް ކަމަށާއި ނިމިދިޔަ ސަރުކާރުން ރަނގަޅަށް ޕްލޭން ކުރިނަމަ، ސްކޫލްގެ އިތުރުން އެތަނުގައި ދަރިވަރުން ކުޅޭނެ ތަނަކާއި ހޯލެއްވެސް އެޅުނީސްކަން މީގެކުރިން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ދަރުމަވަންތަ ސްކޫލަކީ މަޖީދިއްޔާ ސްކޫލުގައި ދަރިވަރުން ގިނަކަމުން އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގުމަށް ދިމާވި ދަތިތައް ޙައްލުކުރުމަށް މަޖީދިއްޔާ ސްކޫލުގެ ބިމުން ބައެއްގައި އޭރު ބިނާކުރި ސްކޫލެކެވެ.

ނަމަވެސް މާގިނަ އަހަރުތަކެއް ނުވަނީސް އެ އިމާރާތް ބާވެ ބޭނުން ނުކުރެވޭވަރުވުމުގެ ސަބަބުން 2016 ވަނަ އަހަރު ވަނީ އެސްކޫލް ބަންދުކުރުމަށްފަހު ވެލާނާގެއާއި އިންވެގެން އޮންނަ ބިމުގައި ވަގުތީ ޢިމާރާތެއް ހަދައި ކިޔަވައިދީފއެވެ. އެއަށްފަހު ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތެއް އަޅައި ކިޔަވައިދޭން ފެށީ މިދިޔަ 2023 އޮގަސްޓްމަހުގެ 6 ވަނަ ދުވަހު ފެށި ދިރާސާ އައު އަހަރާއެކީގައެވެ. ދަރުމަވަންތަ ސްކޫލްގެ އައު ޢިމާރާތުގައި 41 ކްލާސްރޫމް ހުރެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޕެއިންގައި ކުޑަ މަތިންދާބޯޓެއް ވެއްޓި ދިވެހި ދަރިވަރަކަށް ސީރިއަސް އަނިޔާތަކެއް

Police vcle

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ބަޔަކު ހައްޔަރުކޮށްފި

kendhoo

ކެންދޫ ސްކޫލްގެ ސްކައުޓް ކޭމްޕަށް ގެންދިޔަ ގިނަ އަދަދެއްގެ އެއްޗެހި ވަގަށް ނަގައިފި

ގެއްލުނު ދިވެހިން ހޯދަން އެމެރިކާގެ މަތިންދާބޯޓެއް ހުވަދޫ ކަނޑުގައި