ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ބަޔަކު ހައްޔަރުކޮށްފި

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް
TTH_Ads
STO_Ads
Advertisement

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ބަޔަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އަމިތު ކުމާރު 36އ. އާއި އަނިލް ކުމާރު 26އ، އާއި އާކާޝް ޔާދަވް 36އ. ގެ އިތުރުން ރާހުލް ނިޝާދު 23އ. އެވެ.

އެ މީހުންގެ ބަންދު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އިސްކޮށް ހުރީ އަމިތު ކުމާރެވެ. ދެން ހައްޔަރުކުރި މީހުން ހައްޔަރުކުރީ އަމިތު ކުމާރު ގެނައި މަސްތުވާތަކެތީގެ މައްސަލައިގައި ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

HajjCop_ads
Advertisement

ކޯޓު އަމުރުގައިވާ ގޮތުން އެ މީހުން ހައްޔަރު ކުރީ އަމިތު ރާއްޖެ އައިއިރު އޭނާގެ ލަގެޖުގެ ތެރެއަށް ލައިގެން ގެނައި މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ ތަނުންނެވެ.

ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 706 ގްރާމް ހުއްޓެވެ.

މި މައްސަލައިގައި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ މީހުންނަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރާ ބައެއް ކަމަށް ތުހުމަތުކޮށް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައަށް ނުރައްކާވެދާނެތީ، އެ އެންމެންގެ ބަންދަށް ފަސް ދުވަސް ޖަހައިފައެެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1 Suspect 1 b00623c1a8

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

police

މަސްތުވާތަކެތީގެ އައްޑާތަކުގެ ގޮތުގައި ބޭނުންކުރި 11 ތަނެއް މިހާތަނަށް ބަންދުކޮށްފި

މާލޭ ވޮކޭޝަނަލް ހައި ސުކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ދޯނި އަޑިއަށްދިޔަ ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާ ވަޒީރާއި ސީޕީ ބައްދަލުކުރައްވައިފި