ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިމާލޭ ގޮނޑުދޮށް ހިމާޔަތްކުރުމާއި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

Igmh
STO_Ads
TTH_Ads
Advertisement

ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި އެ ރަށު ބަނދަރުގެ ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީއެވެ.

ވިލިމާލޭ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ސަތޭކަ އައްޑިހަ ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން އެކެއް އިންސައްތަ އެކެއް ހެކްޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށަށް ވެލިއެޅުމާއި، ސަތޭކަ ފަންސާސް މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ސަތޭކަ އައްޑިހަ އެކެއް މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓާ ޖެހުމާއި، ކުރިން ހަދާފައިވާ ބްރޭކްވޯޓާގެ ތެރެއިން ފަސްދޮޅަސް މީޓަރުގެ ސަރަހައްދެއް ނެގުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

HajjCop_ads
Advertisement

ވިލިމާލޭ ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ސަތޭކަ ފަންސާސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫއުގެ ދަށުން ތިން ހާސް ހަސަތޭކަ ނުވަދިހަ އަށް ކިއުބިކް މީޓަރުގެ ވެލި ބަނދަރު ތެރެ އަދި ނެރު ފުންކުރުމާއި، ރޭމްޕާއި ސިޑި ހިމެނޭހެން ހަތްދިހަ ހަތަރު މީޓަރުގެ އެއްގަމު ވާޓަރު ގާއިމުކުރުން ހިމެނެއެވެ.

މީގެ އިތުރުން ތިން މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި ސޫވީސް ހަތަރު މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓާ ޖެހުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އަދި ހަތްދިހަ ހަތަރު މީޓަރު ދިގު، ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Hassan

މާލެ ޓެކްސީ އެޕް ހެކުނުކުރާ ކަމަށާއި މައުލޫމާތު ލީކުކުރީ މުވައްޒަފެއް ކަމަށް އެމްޓީސީސީން ބުނެފި

WhatsApp Image 2026 08 16 at 15.56.24

ފަރެސްމާތޮޑާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 08 16 at 16.42.40

ބޮޑުތަކުރުފާނު މަގުގައި އިތުރު ދިވެހި ރުއްތަކެއް އިންދައިފި

WhatsApp Image 2026 08 16 at 14.23.30

ނިލަންދޫ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ބާރަށް ކުރިއަށް