ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސްތުވާތަކެތީގެ އައްޑާތަކުގެ ގޮތުގައި ބޭނުންކުރި 11 ތަނެއް މިހާތަނަށް ބަންދުކޮށްފި

police
STO_Ads
TTH_Ads
Maldivian_Ads
Advertisement

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔަފާރިކުރުމަށް އައްޑާތަކުގެ ގޮތުގައި ބޭނުންކުރަމުންދިޔަ 11 ތަނެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް ގެނެސްދިން އިސްލާހުތަކުގެ ސަބަބުން ފުލުހުންނަށް ބޭނުންވާ ހާއްސަ ބާރުތަކާއި އިހުތިޔާރުތައް މިހާރު ލިބިފައިވާ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ތަކުރާރުކޮށް މަސްތުވާތަކެތި ބޭނުންކުރުމަށް މީހުން ވަދެނިކުމެ ހަދާ ތަންތަން ގާނޫނީ ގޮތުން ބަންދުކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިހުސާން ހާމަކުރެއްވި ގޮތުގައި، މިހާތަނަށް މާލޭގެ 6 ތަނެއް އަދި އަތޮޅުތެރޭގެ 5 ތަނެއް ވަނީ ބަންދުކޮށްފައެވެ.

HajjCop_ads
Advertisement

މި ތަންތަނަށް އެ ބަންދުކުރުމަށް ފަހު ވަދެވޭ މީހުންނާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް ވަރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށްފައިވާތީވެ، އެ ކަންކަން ވެސް މިހާރު ކުރެވެމުން އެބަ ގެންދޭ، ވަޒީރު

މަސްތުވާތަކެތި ހިފެހެއްޓުމުގައި މި ސަރުކާރުން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، 2018 އިން 2022 އަށް އަތުލައިގަނެވުނު މަސްތުވާތަކެއްޗަށްވުރެ، މިދިޔަ އެއް އަހަރާއި ބައިގެ ތެރޭގައި އަތުލައިގަނެވުނު މިންވަރު 30 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. ކުރިން އެއް ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެވުނުއިރު، މިހާރު އެ އަދަދު 1.3 ޓަނަށް އަރާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޯޓު އަމުރުގެ ދަށުން ބަންދުކުރާ މިފަދަ ތަންތަނަށް ހުއްދަނެތި ވަދެނިކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. ފުލުހުން ބުނެފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އައްޑާތައް ހޯދައި ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާއި، ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި