ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ ނިޒާމެއް ޤާއިމުކުރުމަށް މަޖިލީހަށް ހުށަހަޅުއްވަނީ

Muizzu
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގައި އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެ ކަމަށާއި، ހެދޭ ޤާނޫނުތަކާއި ގަވާއިދުތައް ހުންނަންވާނީ އިސްލާމްދީނުގެ އިންތަކުގެ ތެރޭގައި ކަމަށެވެ. އެކަން އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރު ކުރެއްވުމަށް ޤަޞްދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދިވެހިންނާއި އިސްލާމްދީނާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ޤައުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އެގޮތުން، އެންމެ މީހަކު އިސްލާމްދީން ދޫކޮށްލުމުގެ ސަބަބުން ޕޯޗުގީޒުންގެ އަތްދަށުގައި އެތައް އަހަރަކު ރާއްޖެ އޮންނަން ޖެހުނު ކަން ރައީސް ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

“އަޅުގަނޑު މިއަދު ޤަޞްދުކުރަނީ މިކަން މިހެން އޮތްއޮތުމަށް ނިމުމެއް ގެންނަން،” ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެފަދަ ނިޒާމެއް ޤާއިމުކުރުމަށް މަޖިލީހުގެ ތިންވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޤައުމީ ދުވަހުގައި ކަނޑައަޅަންވީ އެންމެ މުހިންމު ޢަޒުމަކީ މުޖުތަމަޢުގައި ތަހުޒީބު ސިފަތައް އަށަގެންނެވުމާއި، އެކަކު އަނެކަކަށް ޤަދަރުކޮށް، އެއްބައެއްކަމުގެ އިޙްސާސް ދިވެހި އުންމަތުގައި ދިރުވުން ކަމަށެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

utheemu council

އުތީމުގެ ތަރައްގީއާ ގުޅުންހުރި ކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވި

އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

muiz

ޤައުމީ ދުވަސް ހިތްވަރުދެނީ ރީތި މާތް އަޚްލާޤީ ސިފަތައް އިޢާދަކުރުމަށް: ރައީސް

ibrahim mohamed solih

ރައީސް ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ