ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަހޫދީ ވަޒަންވެރިން ހުޅަނގު އައްސޭރީގެ އަވަށެއް ހިސާރުކޮށްގެން އުޅޭ މައްސަލަ ވަރަށް ހޫނުވެއްޖެ

ޔަހޫދީ ވަޒަންވެރިންތަކެއް ޤުސްރާގައި ހަރަކާތްތެރިވަނީ:
TTH_Ads
STO_Ads
Advertisement

ޔަހޫދީ ވަޒަންވެރިންގެ ގްރޫޕަކުން ހުޅަނގު އައްސޭރީގެ އަވަށެއް ހިސާރުކޮށްގެން އުޅޭ މައްސަލަ ވަރަށް ހޫނުވެއްޖެއެވެ.

ހުޅަނގު އައްސޭރީގެ ޤުސްރާ ނަމަކަށްކިޔުނު އަވަށެއް ޔަހޫދީ ވަޒަންވެރިން ހިފައި، އެ އަވަށުގެ ގެތައް ހިސާރުކޮށްގެން ތިބޭތާ ހަފްތާއެއް ވެއްޖެއެވެ.

އެމީހުންވަނީ، ޤުސްރާ އަވަށުގެ ގެތަކަށް ކާބޯތަކެތި ވެއްދުން ހުއްޓުވައި އަދި އެ އަވަށުގެ ގެތަކުން ފެނާއި ކަރަންޓުވެސް ކަނޑާލާފައެވެ. ގެތަކުގެ ތެރޭގައި އާންމުން ތާށިވެ ބޭރަށްވެސް ނުކުމެވޭނޭ އެއްވެސް ގޮތެއް ވަނީ ނެތިފައެވެ.

HajjCop_ads
Advertisement

ނުވިތާކަށް، އެ ވަށުގެ ބައެއް ގެތަކުން ގަދަކަމުން އާންމުން ނެރެ، އެ ގެތައް ހިފައި، އެމީހުންގެ މަރުކަޒުތަކަށް ހަދާފައި ވެއެވެ.

ޔަހޫދީ ވަޒަންވެރިން މިހުރިހާ ޖަރީމާއެއް ހިންގަމުން ގެންދާއިރު، އިސްތިއުމާރީ ފުލުހުން އެ އަވަށުގައި ހަރަކާތްތެރިވަމުން ދެއެވެ. ޔަހޫދީ ވަޒަންވެރިން ހުއްޓުވަން އެމީހުން އެއްވެސް ކަމެއް ނުކުރެއެވެ.

އާންމު އެތައް އާއިލާއެއް ގެތަކުގައި ތާށިވެ ހާލުގައި ޖެހިފައިވާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންވަނީ ކާބޯތަކެއްޗާއި ބޯފެން ހިފައިގެން އެ އަވަށަށް ވަންނަންވެސް މަސައްކަތް ކޮށްފައެވެ. ނަމަވެސް ޒަޔަނިސްޓު ފުލުހުންވަނީ އެމީހުންނަށް ހުރަސް އަޅާފައެވެ.

ޔަހޫދީ ވަޒަންވެރިންގެ މި ޖަރީމާތައް ދުނިޔެއިން ކުށްވެރި ކުރަމުން ގެންދާއިރު، ފްރާންސްގެ ސަރުކާރުންވަނީ، މި ޖަރީމާ ހިންގާ ވަޒަންވެރިން ހިފައި ހައްޔަރުކޮށް އަދަބުދިނުމަށް އިސްތިއުމާރީ ދައުލަތަށް ގޮވާލާފައެވެ.

ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅޭ ޔަހޫދީ ވަޒަންވެރިން ހިންގާ ހަމަނުޖެހުންތަކާއި، ޖަރީމާތައް މިހާރުވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. ފަލަސްތީނު މީހުން ޝަހީދުކުރުމާއި، ގެދޮރުން ނެރެ ގެތައް ހިފުމާއި، ގެތަކާއި އިމާރާތްތަކުގައި ހުޅުޖަހައި އެންދުމާއި، ދަނޑުބިންތަކުގައި ހުޅުޖެހުން މިހާރު އާންމު ކަމަކަށް ހަދާފައި ވެއެވެ.

އެހެން ނަމަވެސް، ވަޒަންވެރިން ހިންގާ މި ޖަރީމާތައް ހުއްޓުވަން އިސްތިއުމާރީ ސިފައިން އަދި އިސްތިއުމާރީ ދައުލަތުންވެސް އެއްވެސް ކަމެއް ނުކުރެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ބޯޑް އޮފް ޕީސްވެސް ނަތަންޔާހޫއާ އެއްކޮޅަށް، ޓްރަމްޕްގެ ކިބައިން ހަމާސްއިން އެދެނީ މައްސަލަ ސާފުކޮށްދިނުމަށް

24 ގަޑިއިރުތެރޭ ޣައްޒާއިން 19 މީހުން ޝަހީދުކޮށްލައިފި، އުދުވާނު އަދިވެސް ފުޅާކުރަނީ

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި