ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިޔާސީ އިންތިޚާބާ އެއްދުވަހެއްގައި ބާއްވަން، ފަލަސްތީނު ޕާލަމެންޓް އިންތިޚާބު އަންނަ އަހަރަށް ފަސްކޮށްފި

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް
STO_Ads
TTH_Ads
Maldivian_Ads
Advertisement

ފަލަސްތީނުގެ ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ނިންމައިފިއެވެ.

ފަލަސްތީނުގެ ރައީސް މިގޮތަށް ނިންމެވީ، މިއަދު ނެރުއްވި ރިޔާސީ ގަރާރަކުންނެވެ.

ފަލަސްތީނުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ބާއްވާގޮތަށް ކުރިން ތާވަލް ކޮށްފައި އޮތީ މިއަހަރުގެ ނޮވެމްބަރު މަހުގެ 28  ވަނަ ދުވަހުއެވެ.

HajjCop_ads
Advertisement

އެހެން ނަމަވެސް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ނިންމެވީ، ފަލަސްތީނުގެ ރިޔާސީ އިންތިޚާބާއި، ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އަންނަ 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ބާއްވާ ގޮތަށެވެ.

ނޮވެމްބަރު 28 ގައި ބާއްވަން ތާވަލްކުރި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރަށް ފަސްކުރެއްވި ސަބަބެއް ކަމަށް ރައީސްގެ ގަރާރުގައި ފާހަގަ ކުރައްވާފައިވަނީ، އިސްރާއީލުން އަސްކަރީ އުދުވާނުތައް ހިންގަމުން ގެންދިއުމާއި، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީ އަބާދީތައް ހެދުން ފުޅާކުރަމުން ގެންދިއުމާއި، ޣައްޒާއާއި ހުޅަނގު އައްސޭރީގައި އާންމުން ހިނގާބިނގާވެ އުޅުމަށް ހުރަސްއެޅުމާއި އަދި ދިމާވެފައިވާ ސަލާމަތީ ގޮންޖެހުންތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިޚާބުތަކެއް ބޭއްވުމަށް ހުރަސްއެޅޭތީ ކަމަށެވެ.

އިންތިޚާބު ފަސްކުރުމުގެ މަގުސަދަކީ ގައުމީ މަޝްވަރާތަކަށް ފުރުސަތު ދިނުމާއި، މުޅި ޣައްޒާ، ހުޅަނގު އައްސޭރި އަދި އިރުމަތީ ގުދުސްގައިވެސް އިންތިޚާބު ބޭއްވުމަށް މަގުފަހިކުރުން ކަމަށްވެސް، ގަރާރުގައި ބަޔާންކޮށްފައި ވެއެވެ.

ފަލަސްތީނުގައި ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ނުބާއްވާތާ 20 އަހަރު ވެއްޖެއެވެ. ފަލަސްތީނުގައި އެންމެފަހުން އިންތިޚާބެއް ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެއްބަސްވުމަށް އެއްއަހަރު: މިއަދު އެކަނިވެސް ޣައްޒާއިން 9 މީހުން ޝަހީދުކޮށްލައިފި

މިއަދުވެސް ޣައްޒާއިން 4 މީހުން ޝަހީދުކޮށްލައިފި، ދުނިޔެ އަދިވެސްއޮތީ ކުޅިބަލަން

ސޫރިޔާގެ ދެކުނުން ސިފައިން ނުބާލާނޭ ކަމަށް އިސްތިއުމާރީ ދައުލަތުން ބުނެފި

ޣައްޒާގެ އައް-ތާޖް ސަރަހައްދުން ފެނުނު އިތުރު 105 މީހުންގެ ކަށިތައް ވަޅުލައިފި