ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގާ އުދުވާނުތައް އިންތިހާއަށް އިތުރުކޮށް ފުޅާކޮށްފި

ޣައްޒާގައި ގެދޮރުގެއްލިފައިވާ އާންމުން ދިރިއުޅޭ ޓެންޓުތަކަށް ޓެރަރިސްޓުން އަލިފާންބޮން އަޅައި ހުޅުޖަހައި އާއިލާތަކާއެކު އަންދަނީ:
TTH_Ads
STO_Ads
Advertisement

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިންގެ އަނިޔާވެރިކަން ޣައްޒާގައި އިންތިހާއަށް އިތުރުކޮށްފައިވާ ކަމަށް، ޚަބަރުތައް ބުނަމުން އެބަ ދެއެވެ.

އިސްތިއުމާރީ ސިފައިން ގެންދަނީ، ޣައްޒާގެ އާންމުން ދިރިއުޅޭ ފޭލިގެތަކަށާއި، އާންމުންގެ ގެތަކާއި، އިމާރާތްތަކަށް ރެއާއި ދުވާލު ބޮން އަޅަމުންނެވެ.

ފޭލިގެތަކަށާއި، މަގުމަތީގައި ހިނގާފައިވާ އާންމުންނަށާއި، ވެހިކަލްތަކަށްވެސް ބޮންއަޅައި އެތައް ކުދީންނާއި، އަންހެނުންނާއި، އެތަކެއް އާންމުން ކޮންމެ ދުވަހަކު ގެންދަނީ ޝަހީދު ކުރަމުންނެވެ.

MMA_Ads
HajjCop_ads
Advertisement

އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ، އަސްކަރީ ޖެޓުތަކާއި، ޑްރޯން ބޭނުންކޮށްގެން ޣައްޒާއަށް ބޮންއަޅައި، އަދި ބޮޑުބަޑީގެ ހަމަލާތައް ދީގެންނާއި އަދި ބަޑިޖަހައިގެންވެސް އާންމުން ޝަހީދުކުރަމުންނެވެ.

ޚާއްސަކޮށް ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީއަށް އިސްތިއުމާރީ ސިފައިންދޭ ހަމަލާތައް ވަރުގަދަ ކޮށްފައި ވެއެވެ.

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާއިން ކުޑަކުދިންނާއި އާންމުން ޝަހީދުކޮށް، ގެތަކާއި އިމާރާތްތައް ގޮއްވައި  ބޮޑެތި ގެއްލުންތައް ދެމުން މިގެންދަނީ ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއި އިސްރާއީލާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށެވެ. އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ، އެއްބަސްވުން ހެދިފަހުން އެކަނިވެސް މިހާތަނަށް ޣައްޒާއިން 933 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި ޒަޚަމްކޮށްލި މީހުންގެ އަދަދު ތިންހާހާ ގާތްކޮށްފައި ވެއެވެ.

ޝަހީދުކޮށްލާފައިވާ އަދި ޒަޚަމްކޮށްލާފައިވާ މީހުންގެ ތެރޭގައި އެތައް ކުޑަކުދީންވެސް ހިމެނެއެވެ.

އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގާ އުދުވާނުތައް ފުޅާކުރަމުން ގެންދަނީ، ހަމާސްއިން އެމީހުންނަށް ހަމަލާއެއް ދޭތީއެއް ނޫނެވެ. ނުވަތަ ހަމާސްއިން އިސްރާއީލަށް ހަމަލާއެއް ދޭތީއެއްވެސް ނޫނެވެ.

ޒަޔަނިސްޓު ދައުލަތުގެ މަގްސަދު، މުޖުރިމު ނަތަންޔާހޫ އިހަށްދުވަހުވަނީ ހާމަކޮށްފައެވެ. އޭނާ މިހާރުވަނީ ޣައްޒާގެ ބިމުގެ 70 އިންސައްތަ ހިފުމަށް އޭނާގެ ޓެރަރިސްޓު ސިފައިންނަށް އަމުރުކޮށްފައެވެ.

ނަތަންޔާހޫގެ ރޭވުމަކީ ޣައްޒާގެ އާބާދީގައި ހިމެނޭ ދެމިލިއަނަށްވުރެ ގިނަމީހުން ޣައްޒާގެ ދެކުނުން ކުޑަ ސަރަހައްދަކަށް ގެންގޮސް މަރައި، ޣައްޒާގެ ނަސްލުނައްތާލުމެވެ. އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުގެ ހެކިތަކުންވެސް އެއޮތީ އެކަން ފެންނާށެވެ.

މިއީ، ހަމާސްއާ ދެކޮޅަށް ހިންގާ ޖަރީމާތަކެއް ނޫން ކަމާއި، މިއީ ސީދާ ޣައްޒާގެ ބިން އިސްތިއުމާރުކޮށް ފޭރިގަތުމަށް އޭނާ ހިންގާ ޖަރީމާތަކެއްކަން މުޅި ދުނިޔެ ދަނެއެވެ. އެކަމަކުވެސް، އޭނާ ހުއްޓުވަން ދުނިޔޭގެ އެއްވެސް ލީޑަރަކު، އދ ނުވަތަ އެހެންވެސް ބަޔަކު މަސައްކަތް ކުރާތީއެއް ނުފެނެއެވެ.

ޣައްޒާގެ ދުވަސް ދުއްވާލަމުން ގެންދާއިރު، ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރައްޔިތުން މަރައި، ގެތަކާއި އިމާރާތްތައް ސުންނާފަތިކޮށް މުޅި ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަތުމަށްވެސް ޕްލޭންތައް ހަދައި އެ ދަނީ އެކަން ތަންފީޒު ކުރަމުންނެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުގެ ދެކުނުގެ އެތައް ރަށަކުން އާންމުން ފޭބުމަށް އިސްތިއުމާރީ ސިފައިން އިންޒާރުދެނީ، ހަމަލާތައް ހުއްޓާނުލާ

އީރާނުން ދިން ހަމަލާތަކުން ޒަޔަނިސްޓުންނާއި އެމީހުންގެ ސަޕޯޓަރުން ފިލާވަޅު ލިބިގަންނަންޖެހޭ: އީރާނު އަސްކަރިއްޔާ

އީރާނުން އިސްރާއީލުގެ އުތުރަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުން: އީރާނުން އަންގަނީ މިއީ ހަމައެކަނި އިންޒާރެއް ކަމަށް

ޣައްޒާގައި ބާކީތިބި މީސްކޮޅުވެސް މަރައިހުސްކުރަނީ، ޣައްޒާގެ ނަސްލުނައްތާލަނީކަމަށް ހުޅަނގުން ނުދެކޭ