ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުނިޔޭގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓިފައި، ޣައްޒާއިން ރޭގައިވެސް 8 މީހުން ޝަހީދުކޮށްލި

އިސްތިއުމާރީ ޓެރަރިސްޓުން ޣައްޒާއަށް ރޭގައި ބޮންއަޅަނީ:
TTH_Ads
STO_Ads
Advertisement

ދުނިޔޭގެ މީޑިއާގެ ނަޒަރު އީރާން – އެމެރިކާގެ ވާހަކަތަކަށް ހުއްޓިފައި ވާއިރު، އިސްތިއުމާރީ އިސްރާއީލުން ޣައްޒާއާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގަމުންގެންދާ ޖަރީމާތަކަށް އެއްވެސް ހުއްޓުމެއް ނެތެވެ.

ޣައްޒާގެ އެކި ރަށްތަކަށް ރޭގައި ބޮންއަޅައި، ބޮޑުބަޑީގެ ހަމަލާތައްދީ އަދި ބަޑީގެ ހަމަލާތައްވެސް ދީފައި ވެއެވެ. ހަމަލާތައް ދިން ތަންތަނުގެ ތެރޭގައި އާންމުން ދިރިއުޅޭ އިމާރާތްތަކާއި، ގެތަކާއި، ފޭލިގެ އަވަށްތައްވެސް ހިމެނެއެވެ.

ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް ބުރައިޖް ރެފިއުޖީ ކޭމްޕަށް ޓެރަރިސްޓުން ވަރުގަދަ ބޮންއެޅުމުގެ ސަބަބުން 8 މީހުން ޝަހީދުވެ އިތުރު އެތައް ބަޔަކު ޒަޚަމްވިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ފަލަސްތީނުގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ސައީދުވެސް ހިމެނެއެވެ.

HajjCop_ads
Advertisement

އަލް ބުރެއިޖް ރެފިއުޖީ ކޭމްޕްގައި ޓެރަރިސްޓުން ރޭގައި ދިން ހަމަލާ އަމާޒުކުރީ ޕޮލިސް ޕޯސްޓަކަށެވެ.

މީގެއިތުރުން، ޚާން ޔޫނިސްގައި ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ފޭލިގެ އަވަށްތަކަށްވެސް ބޮޑުބަޑީގެ ހަމަލާތައް ދީފައި ވެއެވެ. އަދި ބުލްޑޯޒަރުތައް ބޭނުންކޮށްގެން ފަލަސްތީނު އާންމުންގެ އެތައް ގެއެއް ބިމާހަމަ ކުރަމުންވެސް އެބަ ގެންދެއެވެ.

ޣައްޒާގެ އުދުވާނުތައް ހުއްޓާނުލާ ކުރިއަށް ގެންދާއިރު، ހުޅަނގު އައްސޭރީގެ ރަށްތަކުގައި ހަތިޔާރު އެޅި ޔަހޫދީ ވަޒަންވެރިންނާއި، އިސްތިއުމާރީ ސިފައިން ގެންދަނީ ކެނޑިނޭޅި ފަލަސްތީނު ރައްޔިތުންގެ ގެތަކަށް ގެއްލުންދީ، އާންމުން ގެތަކުން ގަދަކަމުން ނެރެ މަގުމަތިކޮށް އަދި އާންމުންގެ ގަޔަށް ބަޑިވެސް ޖަހަމުންނެވެ. އަދި ފަލަސްތީނު މީހުންގެ ގެތަކާއި، ވެހިކަލްތަކުގައި ހުޅުޖަހަމުންވެސް ގެންދެއެވެ.

ހަމަލާތައް ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު އެއްބަސްވުމެއް ހަދައި އެޔަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

އެހެން ނަމަވެސް، އެއްބަސްވުމާ ޚިލާފްވެ ޓެރަރިސްޓުން ކެނޑިނޭޅި ގެންދަނީ ޣައްޒާއަށް ހަމަލާ ދެމުންނެވެ. އެއްބަސްވުމަށް އަމަލުކުރަން ފެށިފަހުން އެކަނިވެސް މިހާތަނަށް ޣައްޒާއިން 749 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 2،082 އަށް އަރާފައި ވެއެވެ.

އިސްރާއީލު ހުއްޓުވަން އދއަށް، އެމެރިކާއަށް އަދި އެއްބަސްވުން ހެދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި މިސްރާއި ގަތަރަށްވެސް ކުރެވުނު ކަމެއް ނެތެވެ.

ނުވިތާކަށް، އދއާއި ދުނިޔެއިން އެތައް ޕްރެޝަރެއް ކުރިނަމަވެސް، އިސްތިއުމަރީ ޓެރަރިސްޓުން އަދިވެސް ގެންދަނީ ޣައްޒާއަށް ބޭނުންވާ ބޭހާއި އިންސާނީ އެހީގެ ސާމާނު އެތެރެކުރަން ހުރަސްއަޅަމުންނެވެ.

މިއިން އެއްވެސް ކަމަކާ ދުނިޔެ ކަންބޮޑުވެގެން އުޅޭތީއެއް ނުފެނެއެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދުނިޔޭގެ ޕްރެޝަރާހެދި، އިސްރާއީލުން ސުމުދް ފްލޮޓިލާއިން ރަހީނުކުރި ދެ އެކްޓިވިސްޓުން މިނިވަންކޮށްފި

ދަރިފުޅު މަރާލިޔަސް، ހަމާސްގެވެރިން އަވަހާރަކޮށްލިޔަސް ޣައްޒާގެ ރައްޔިތުން އަމާންނުދޭނެ: އަލް ޙައްޔާ

އިސްތިއުމާރީ ބާރުން ޣައްޒާގެ ބިމުގެ ތިންބައިކުޅަ ދެބައި ބިން ފޭރިގެންފި

ލުބުނާނުގެ ދެކުނުގައި އިސްތިއުމާރީ ސިފައިންގެ މީހަކު މަރާލައިފި، ލުބުނާނުގެ ދެކުނުން އާންމުންގެ 14 މީހުން މަރު