ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާޔާ އެއާވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ކާގޯ ދަތުރުތައް ފަށައިފި

WhatsApp Image 2026 08 14 at 15.08.02
TTH_Ads
STO_Ads
Advertisement

ރާއްޖެއަށް މުދާ އެތެރެކުރާ މިންވަރު އިތުރުކޮށް ލޮޖިސްޓިކްސްގެ ދާއިރާ ފުޅާކުރުމުގެ ގޮތުން މެލޭޝިއާގެ ކާގޯ އެއާލައިނެއް ކަމަށްވާ ރާޔާ އެއާވޭސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ޝެޑިއުލް ކާގޯ ދަތުރުތައް ފަށައިފިއެވެ.

މި އާ ޚިދުމަތުގެ ދަށުން ދަތުރުތައް ބާއްވަނީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދުގައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އީކުއޭޝަން (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި މި ދަތުރުތައް ހަފުތާއަކު ދެ ދުވަހު ކުރިއަށްދާނެއެވެ.

މި ދަތުރުތަކުގައި ބޭނުންކުރަނީ ބޮއިންގް 767-200 މަރުކާގެ ބޯޓުތަކެވެ. ކޮންމެ ދަތުރެއްގައި އެވްރެޖުކޮށް 46 ޓަނުގެ މުދާ އުފުލުމުގެ ގާބިލުކަން ލިބިގެންވެއެވެ.

HajjCop_ads
Advertisement

މި ދަތުރުތަކަކީ ދެކުނުއީރުމަތީ އޭޝިއާގެ މަޝްހޫރު ލޮޖިސްޓިކްސް ކުންފުންޏެއް ކަމަށްވާ ޓެލެޕޯޓްއިން ޗާޓަރުކޮށްގެން ކުރިއަށްގެންދާ ދަތުރުތަކެކެވެ. މިއީ މެލޭޝިއާއިން ރާއްޖެއަށް ތާވަލުކޮށްގެން ފެށި ފުރަތަމަ ކާގޯ ޚިދުމަތެވެ.

މި ދަތުރުތަކުގެ ސަބަބުން ދެކުނު އޭޝިއާ ސަރަހައްދާއި ރާއްޖެއާ ދެމެދު ގަވާއިދުން މުދާ އުފުލުމުގެ މަގު ފަހިވެގެންދާނެއެވެ. އުފުލާ މުދަލުގެ 80 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ އަދަދަކީ ޓްރާންސްޝިޕްމަންޓް ކާގޯއަށްވުމާއެކު، މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ސަރަހައްދީ ޓްރާންސްޝިޕްމަންޓް ގޭޓްވޭއެއްގެ ގޮތުގައި ތަރައްގީކުރުމަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ މިފަދަ ތާވަލު ކާގޯ ދަތުރުތައް ކުރާ މަރުކަޒަކަށްވަމުންދާއިރު، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 390 ކާގޯ ދަތުރު މެދުވެރިކޮށް 3,228 ޓަނުގެ މުދާ ވަނީ އުފުލާފައެވެ. ނިމުނު އަހަރު އެކަނިވެސް 518 ކާގޯ ދަތުރުކޮށް 4,300 ޓަނަށްވުރެ ގިނަ މުދާ ވަނީ އެއާޕޯޓު މެދުވެރިކޮށް ހެންޑްލްކޮށްފައެވެ.

މިހާރުވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އިންޑިއާ، ސްރީލަންކާ، ތައިލެންޑް، ޔޫއޭއީ އަދި ވިއެޓްނާމް ފަދަ މުހިންމު ގައުމުތަކަށް ގަވާއިދުން ކާގޯ ދަތުރުތައް ކުރެވެމުންދެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

airport velana

ރާއްޖެ އަންނަން އޮތް ގިނަ ފްލައިޓްތަކެއް މިއަދުވެސް ކެންސަލް

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

velana terminal VIA

ޑޮމެސްޓިކް ޓަރމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް މިއަދު ބަދަލުކުރަނީ