ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޅުން ހުއްޓަލާނެކަމުގެ އިޝާރާތެއް ދިންތާ 24 ގަޑިއިރުތެރޭގައި މެސީ އެނބުރި ކުޅުމުގެ ތެރެއަށް!

F
STO_Ads
TTH_Ads
Maldivian_Ads
Advertisement

ބައްޕަ މަރުވުމާއި ގުޅިގެން ރަސްމީ ފުޓުބޯޅަ ކުޅުން ހުއްޓާލާނެކަމުގެ އިޝާރާތެއްކުރުމަށްފަހު ލަޔޮނަލް 24 ގަޑިއިރުގެ ތެރޭގައި މެސީ ކުޅުމުގެ ތެރެއަށް އެނބުރި އަތުވެއްޖެއެވެ.

ބައްޕަ މަރުވުމުން ކުޅުމާ އަދި ޓީމާވެސް ދުރުގައި ހުރި މެސީ އެނބުރި އައީ މޮޅުވާން މަޖުބޫރު މެޗެއްގައި ލީގުކަޕްގައި މެކްސިކޯގެ ލެއޮންއާ ދެކޮޅަށްކުޅުމަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެސީ ކުޅެން ނިކުއިން ނަމަވެސް 3-2  ބަލިވެ، މެސީގެ ޓީމް ވަނީ ލީގު ކަޕުން ކަޓާފައެވެ.

މެޗުން އިންޓަރ މިއާމީ ބަލިވީ ފުރަތަމަ ހާފް ނިމެނިކޮށް ލީޑްވެސް ނަގާފައި ވަނިކޮށެވެ. މެސީ ކުޅެން ނިކުތީ 1-0 ން އިންޓަރ މިއާމީ ލީޑްގައި ވަނިކޮށް، ދެވަނަ ހާފް ފަށައިގެން ދެވަނަ މިނިޓްގައެވެ. އެއީ ލީޑްނަގައިދިން ޑެނިއެލް ޕްރިންޓަރގެ ބަދަލުގައެވެ. މެސީ ކުޅެން ނިކުމެފައި މިވަނީ އޭނާގެ ބައްޕަ މަރުވުމުން ކުޅުން ހުއްޓާލަފާނެ ކަމުގެ އިޝާރާތެއް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.

HajjCop_ads
Advertisement

މިމެޗުގެ ކުރިން އިންޓަރ މިއާމީން ހޮނިހިރު ދުވަހު މޮންޓެރޭ އަތުން ބަލިވި މެޗުގައިވެސް މެސީ ނުކުޅެއެވެ. އެކަމަކު މިއަދު މެސީ ކުޅެން ނިކުތީ އަމިއްލައަށް ބޭނުންވެގެންކަމަށް ރިޕޯރޓްތައް ބުނެއެވެ. މެސީގެ އަވަސް އެނބުރި އައުމަކީ އިންޓަރ މިއާމީ ކުޅުންތެރިންނަށްވެސް ގަބޫލުކުރަން ދަތިކަމެއްކަމަށް ރިޕޯރޓްތައް ބުނެއެވެ. މެޗުގައި އިންޓަރ މިއާމީގެ ދެވަނަ ލަނޑު ޖެހި ޔަނިޗް ބްރައިޓް ބުނީ މެޗަށް މެސީ އެނބުރި އައުމަކީ އުއްމީދު ކުރިކަމެއް ނޫން ކަމަށާއި، އަވަސް އެނބުރި އައުމުން ދޭހަކޮށްދެނީ މެސީ ވިސްނާވަރު ކަމަށެވެ. އަދި މެސީ ފެނުމުން އޭނާއަށްޓަކައިވެސް ދަނޑުމަތީގައި %150 ދޭން އޭނާއަށް ހިތްވަރު ލިބުނު ކަމަށް ބުންޏެވެ.

ލެއޯން ކޯޗު ހާވިއޭ ގަންޑޮލްފީ ބުނީ މެސީއަކީ އެހެން ކުޅުންތެރިންނާ މުޅިން ތަފާތު އިންސާނެއް ކަމަށެވެ. އެކަން މެޗުންވެސް ދައްކައިދީފި ކަމަށް ބުންޏެވެ. ލީގު ކަޕަކީ އެމެރިކާގެ އިތުރުން މެކްސިކޯއާއި ކެނެޑާ ލީގުގެ ކްލަބްތަކުން ވާދަކުރާ މުބާރާތެކެވެ. މިއީ މުބާރާތް ތަޢާރަފްކުރި ފަހުން މުބާރާތުގެ ފުރަތަމަ މަރުހަލާއިން އިންޓަރ މިއާމީ ކެޓި ފުރަތަމަ ފަހަރެވެ. މިމުބާރާތުގެ ފޯމެޓް ބަދަލުކޮށް، ތިން ގައުމަށް ފުޅާކުރީ މެސީ އިންޓަރ މިއާމީއާ ގުޅުނު 2023 ވަނަ އަހަރުއެވެ. އެއަހަރު މުބާރާތް ކާމިޔާބުކުރީވެސް އިންޓަރ މިއާމީއެވެ. މުބާރާތް ތަޢާރަފްކުރީ 2019 ވަނަ އަހަރުއެވެ.

މިމަހުގެ 7 ވަނަ ދުވަހު މެސީގެ ބައްޕަ ޖޯޖް 68 އަހަރުގައި މަރުވީ ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން އާޖެންޓީނާގެ ރޮސާރިއޯގައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

819055775 1138513282033794 4466413738168937404 n

މެސީގެ ވަދާޢީ ޖާރޒީ ދައްކާލައިފި

J4ZZO2IFCZKUJME3Y5WO7LCNWM

މެސީ ޤައުމީ ޓީމަށް ނަގައިފި، މިއީ ވަދާޢީ މެޗު

Images

އިންފަންޓީނޯގެ ޝުކުރާއި ތަޢުރީފް މެސީއަށް

Images

މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި