ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމާން ޓަވަރުތައް ކައިރިއަށް ކުނި އަޅާ މީހުން ހޯދަން ކެމެރާ ހަރުކޮށް ފިޔަވަޅު އަޅަނީ

Qw
TTH_Ads
STO_Ads
Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދަށް ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ދެނެގަތުމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު އިންޒާރު ދީފިއެވެ.

އެ ކޯޕަރޭޝަނުން މި އިންޒާރު ދީފައިވަނީ އަމާން ޓަވަރުތައް ކައިރިއަށް ގަވާއިދާ ހިލާފަށް ކުނި އެޅުން ބޮޑުވެ، އެ ސަރަހައްދަށް ޖަމާކޮށްފައިވާ 670 ޓަނުގެ ކުނި ނަގަން ޖެހުމާ ގުޅިގެންނެވެ.

އެފްޑީސީން އާންމުކުރި މައުލޫމާތުގައި ބުނީ، އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދަކީ ސާފުތާހިރު އަދި ރައްކާތެރި މާހައުލަކަށް ހެދުމުގެ ގޮތުން އެ ސަރަހައްދު ސީސީޓީވީ މެދުވެރިކޮށް މޮނިޓަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

HajjCop_ads
Advertisement

ކެމެރާ މެދުވެރިކޮށް ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ވަގުތުން ދެނެގަނެވޭނެ ކަމަށާއި، ކުނި އެޅުމުގެ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ސަރަހައްދުން ކުނި ނައްތާލުމަށް 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެފްޑީސީން ކުރިން ހާމަކޮށްފައިވެއެވެ. މިހާ ބޮޑު ހޭދައެއް ކުރަންޖެހުނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އާންމު ސަރަހައްދުތަކަށް ބައު ފަރުނީޗަރާއި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ފަދަ ތަކެތި އުކާލުމުގެ ސަބަބުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އާބާދީ އިތުރުވަމުންދާއިރު، ކުނި ވަކިނުކޮށް މަގުމައްޗަށް އުކާލުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. މި މައްސަލަ ހައްލުކުރުމަށް އާންމުން ހޭލުންތެރިކުރުވައި، ކުނި ނެގުމުގެ ހިދުމަތްތައް މިއަދަށްވުރެ ހަރުދަނާކުރަންޖެހޭ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

78c09bfe 4963 47f0 9d73 70c78190a53a

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޑީއެމްޑީގެ މަގާމަށް ފައިހަތު

Fahi flats

އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ އެފްޑީސީން މިއަދު ބައްދަލުކުރަނީ

Igmh

ހަމްދާންގެ ވަރުގަދަ ރައްދެއް ޒަހިއްޔާއަށް

Amaan Dhoadhi hulhumale

އަމާން ދޯދީގެ ފްލެޓަކުން ވެއްޓުނު ކުއްޖަކަށް ފަރުވާދެނީ