ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތަރިކަތަކުން ނަފާވެރިކަން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ހީނާ

Heena
STO_Ads
TTH_Ads
Maldivian_Ads
Advertisement

ތަރިކަތަކުން ނަފާވެރިކަން އިތުރުކުރުމަކީ ރައީސްގެ މުހިންމު ސިޔާސަތެއް ކަމަށާއި ތާރީޚީގޮތުން ރާއްޖެއަށް މުހިންމު އަދި މަޝްހޫރު ތިލަދުންމަތީ އުތުރުބުރީ އުތީމަށް ފުޅާ ދާއިރާއެއްގައި ވަށާޖެހޭ ނަފާއާއި މަންފާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގުޅުންހުރި ވުޒާރާތަކާއި އިދާރާތަކާ ގުޅިގެން ޕްލޭންތަކެއް ތައްޔާރުކޮށް، ކައުންސިލާއެކު މަސައްކަތް ކުރުމަށް ރާވަމުންދާކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

“މި ތަންތަނުގެ ސަބަބުން މި ސަރަހައްދުގައި މި އިތުުރުވެގެންދާ މަޝްރޫޢުތަކުގެ ސަބަބުން މި ސަރަަހައްދުގައި ހަގީގަތުގައި ފަތުރުވެރިކަމަަށްވެސް އިތުރު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް އޭގެ މަންފާ ތަފާތުގޮތްތަކުން ފުޅާވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންކަމުން ވަށާޖެހޭ ގޮތެއްގައި ފުޅާގޮތެއްގައި މި މަންފާ ނުވަތަ މި ނަފާ މި ރައްޔިތުންނަށް އަދި މި ރަށަށް ލިބޭނެގޮތް ހެދުމަށްޓަކައި ކަމާބެހޭ މިނިސްޓްރީތަކާއި ގުޅިގެން އަދި މުއައްސަސާތަކާއި ގުޅިގެން އަޅުގަނޑުމެން ޕްލޭންތަކެއް ތައްޔާރުކޮށް ކައުސިލާއެކު ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑުމެން ރާވާފައިވަނީ.” ވަޒީރު ހީނާ

ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަސް ގައުމީ ފެންވަރެއްގައި އުތީމުގައި ފާހަގަކުރުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

HajjCop_ads
Advertisement

ވަޒީރު ހީނާ ވަލީދު ވިދާޅުވީ، އުތީމަށް އަންނަ މީހުންނާއި ފަތުރުވެރިން ބަލާލަން އޮންނަ ހަމައެކަނި ތަނަކީ އުތީމު ގަނޑުވަރު ކަމުގައިވީ ނަމަވެސް، މިހާރު އެރަށަށް ޒިޔާރާތްކުރާ މީހުންނަށް ބަލާލެވޭނެ އިތުރު ތަންތަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ބޮޑުތަކުރުފާނުގެ ހަދާނީ ދޮރާއްޓާއި، ކަނދުވަލު މިސްކިތާއި، ވާހަކަވައު އަދި އެސަރަހައްދުގައި ތަރައްޤީކުރެވޭ އެހެނިހެން މަޝްރޫޢުތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އުތީމު ގަނޑުވަރަށް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ރާއްޖެއިން ބޭރުން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މި ތަންތަނުގެ ސަބަބުންނާއި ހިންގޭ މަޝްރޫޢުތަކުގެ ސަބަބުން އެ ސަރަހައްދުގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް އޭގެ މަންފާ ތަފާތު ގޮތްގޮތުން ފުޅާވެގެންދާނެ ކަމަށެވެ.

ތަރިކަތަކުން ނަފާވެރިކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަތްތެރި މަސައްކަތްތަކާއި ގޭގައި ތިބެގެން ކުރާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބޭނެފަދަ ގޮތަކަށް، ވަށާޖެހޭ ނިޒާމެއްގެ ދަށުން މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް މިހާރު ރޭވުންތައް ރެވަމުންދާ ކަމަށްވެސް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Heena

ދިވެހި ބަހުން ވާހަކަދައްކަން ކުދިން ޖެހިލުންވާތީ ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ

ވާޒީފާގެ މާހައުލުގައި އެންމެ މުހިންމު އެއް ސިފައަކީ މުއާމަލާތުކުރުމުގެ ހުނަރު: ހީނާ

Heena

މިނިވަންކަން ދެމެހެއްޓޭނީ ދިވެހިވަންތަކަމާއި ސަގާފަތް ނެގެހެއްޓިގެން: ހީނާ

Heena

މިނިވަން 60 ފާހަގަކުރަން ހަރަދުކުރީ 4.1 މިލިއަން ރުފިޔާ