ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ބަހުން ވާހަކަދައްކަން ކުދިން ޖެހިލުންވާތީ ފުންކޮށް ވިސްނަންޖެހޭ: ވަޒީރު ހީނާ

Heena
STO_Ads
Maldivian_Ads
TTH_Ads
Advertisement

މިއަދުގެ ޖީލުގެ ބައެއް ކުދިން މާދަރީ ބަސް ނުވަތަ ދިވެހި ބަހުން ވާހަކަދައްކަން ޖެހިލުންވާތީ އެކަމާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެކަމަނާ ވިދާޅުވީ ވާހަކަދެއްކުންތެރިކަމަކީ ބޮޑުވަމުން އަންނަ ޖީލުތަކުގެ މެދުގައި އަށަގަންނުވަންޖެހޭ މުހިންމު ސިފައެއް ކަމަށެވެ. އަދި ހަޔާތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވެވެނީ އެހެން މީހުންނާ މުއާމަލާތުކުރަން ދަސްވެގެން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ފޯނުން މުއާމަލާތުކުރުން އާންމުވެފައިވާ މި ޒަމާނުގައި، ބައެއް ކުދިންނަށް މީހުންނާ ސީދާ ބައްދަލުކޮށް މުއާމަލާތުކުރުމަށް އުނދަގޫތަކެއް ކުރިމަތިވާކަން ވަޒީރު ހީނާ ފާހަގަކުރެއްވިއެވެ. މާދަރީ ބަހުން ވާހަކަދައްކަން ދަތިވުމަކީ ވިސްނައި އިސްލާހުކުރަންޖެހޭ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ވާހަކަދެއްކުންތެރިކަމުގެ މުބާރާތްތަކަކީ ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ، ގިނަ މީހުންގެ ކުރިމަތީގައި ބަސްބުނަން ކެރޭނެ މަގުފަހިކޮށްދޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އެފަދަ މުބާރާތްތަކުގެ ސަބަބުން ދިވެހި ބަހުން މުއާމަލާތުކުރުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މުއާމަލާތުކުރުމުގެ ހުނަރަކީ ވަޒީފާގެ މާހައުލުގައިވެސް އެންމެ ބޭނުންތެރި އެއް ހުނަރުކަން ފާހަގަކުރައްވަމުން، އެ ހުނަރު ހުންނަ ކުދިންނަށް ކޮންމެ ދާއިރާއަކުންވެސް ކުރިއަށްދިޔުމުގެ ފުރުސަތު ތަނަވަސްވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި ކާމިޔާބީތައް ހޯދުމަށް ފަސޭހަވެގެންދާނެއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވަނީ މުބާރާތުގެ ދަރިވަރުންގެ އަޑަކީ މުސްތަގުބަލު ބައްޓަންކުރާނެ އަޑުކަން ހަނދާންކޮށްދެއްވާފައެވެ. ދަރިވަރުންގެ ދުލުން ނުކުންނަ ބަސްތަކަކީ އަޚުލާގީ މިންގަނޑަށް ފެތޭ، އިލްމީ ބަސްތަކަކަށް ހެދުމަށް އަޒުމް ކަނޑައެޅުމަށްވެސް ވަޒީރު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202609121117361789237056.6345

ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ އިސްލާމްދީން: ހީނާ

Heena

ޕީއެންސީގެ މަތީ މަޖިލީހުގައި 13،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާނެ: ހީނާ

Heena

ތަރިކަތަކުން ނަފާވެރިކަން އިތުރުކުރުމަކީ މުހިންމު ސިޔާސަތެއް: ހީނާ

ވާޒީފާގެ މާހައުލުގައި އެންމެ މުހިންމު އެއް ސިފައަކީ މުއާމަލާތުކުރުމުގެ ހުނަރު: ހީނާ