ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގިނަ ޤައުމުތަކުގެ ތާއީދު ގެއްލުމުން ތާއީދު ހޯދަން އިންފަންޓީނޯ ދެކުނު އެމެރިކާގެ ޤައުމުތަކަށް!

CONMEBOL UEFA CONCACAF Infantino
STO_Ads
TTH_Ads
Advertisement

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެކުނު އެމެރިކާގެ ތާއީދު ދަމަހައްޓަން ފަށައިފިއެވެ. ދެކުނު އެމެރިކާގެ ތާޢީދު ދަމަހައްޓަން ފަށާފައިމިވަނީ އިންފަންޓީނޯއަށް އޮތް ޔޫރަޕާއި ކޮންކާކަފް އަދި އޭޝިޔާގެ ގިނަ ގައުމުތަކެއް ތާއީދު ގެއްލުމުންނެވެ.

އިންފަންޓީނޯ ވަނީ މިހާރު ދެކުނު އެމެރިކާގެ ގައުމުތަކަށް ދަތުރު ކުރަން ފަށްޓަވާފައެވެ. މިގޮތުން އިއްޔެ އޭނާ ހުންނެވީ ކޮލޮމްބިއާގައެވެ. މިދަތުރުގެ ބޭނުނަމީ ދެކުނު އެމެރިކާގެ ތާއީދު އޭނާ އަށް އޮތްކަން ދެއްކުމާއި ގައުމުތައް ލައްވައި ރަސްމީކޮށް މީޑިއާ އަށް އެކަން އެންގުމެވެ. ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އިންފަންޓީނޯ އަށް ތާއީދު އޮތްކަން އެންމެ ފުރަތަމަ އެންގީ ސަރަހައްދީ ޗެމްޕިއަން އާޖެންޓީނާ އެވެ. އަދި އޭނާގެ ދަތުރާ ދިމާކޮށް ކޮލޮމްބިއާއި ވަނީ ކުރިއަށް އޮތް ފީފާގެ އިންތިހާބުގައި ތާއީދު ކުރާނީ އޭނާ އަށް ކަމަށް މީޑިއާގައި ބުނެފަ އެވެ.

އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާއިރު އޭނާ އަށް ވަނީ އިތުބާރުގެ މައްސަލަ ކުރިމަތިވެފައެވެ. އެއީ ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހަދައި އޭގެ 20 ޕަސެންޓް ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮތް ފަރާތްތަކަށް ވިއްކާލުމަށް މަސައްކަތް ކުރުމުންނެވެ. މިއާއެކު ޔޫރަޕުން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރަން ނިންމައިފަ އެވެ. އަދި އޭނާ އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

HajjCop_ads
Advertisement

ޔޫރަޕާއި ކޮންކާކަފާއި އޭޝިޔާގެ ގިނަ ގައުމުތަކުން މިހާރު މަސައްކަތް ކުރަމުންދަނީ އޭނާގެ ބަދަލުގައި ފީފާގެ ރައީސްކަމަށް ކުރިމަތިލައްވާނެ ބޭފުޅަކު ހޯދުމަށެވެ.

MWSC_ads
Ads_MTCC
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Transform

ގޮތްހުސްވެ ފީފާގެ ޕްލޭން ހުއްޓުމަކަށް، އިންފަންޓީނޯގެ އެންމެ ބޮޑު ނާކާމިޔާބީ!

Uefa president says turkiye has proven itself as major football host 3220331

ޔޫރަޕްގެ 55 ޤައުމަކުން ވޯލްޑް ކަޕާއި ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓްކޮށްފި

436397 552c6f5a 5 (1)

ފީފާގެ ހުށައެޅުމަށް އެފްއޭއެމުން އަދި ވަކިގޮތެއް ނުނިންމާ!

172882787cb5b5fc4723e9a8ed737981

ފީފާގެ ވިޔަފާރި ކުންފުންޏަށް އިންވެސްޓްކުރަނީ ޓްރަމްގެ އާއިލާ ކުންފުންޏަކުން!