ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކިހާދޫ ސިއްހީ މަރުކަޒުގެ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ: ވަޒީރު ގީލާ

Geealaa health minister
TTH_Ads
Maldivian_Ads
STO_Ads
Advertisement

ބ. އަަތޮޅު ކިހާދޫ ސިއްހީ މަރުކަޒުގެ އިމާރާތުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމި، އެ އިމާރާތް ބޭނުންކުރަން ފެށޭނެކަމަށް ސިއްހީ ކަންކަމާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ވަޒީރު ވިދާޅުވީ، ކިހާދޫ ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން އިމާރާތެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، އެ މަޝްރޫއު ކުންފުންޏަކާ ހަވާލުކުރެވި، މަސައްކަތަށް ބޭނުންވާ މީހުންނާއި ތަކެތި މިހާރު ކިހާދޫއަށް ފޮނުވާފައިވާ ކަމަށެވެ. ހަތް މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް ނިމި، އަންނަ އަހަރުގެ ތެރޭގައި އައު އިމާރާތް ބޭނުންކުރަން ފެށޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

ކިހާދޫ ސިއްހީ މަރުކަޒުގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ މަރުކަޒުގައި މިވަގުތުވެސް ސޯޅަ މުވައްޒަފުން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. އެ މުވައްޒަފުންގެ ތެރޭގައި އާންމު ބަލިތަކުގެ ޑޮކްޓަރެއްގެ އިތުރުން ނަރުހުންވެސް ހިމެނޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ބަލިތައް ދެނެގަތުމަށް ހަދާ ތަހުލީލުތަކަކީ އެންމެ މުހިންމު އެއް ވަސީލަތް ކަމަށްވާތީ، އާންމު ބަލިތައް ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް ހެދޭނެ އިންތިޒާމު ކިހާދޫގައި ގާއިމުކޮށް، ލެބޯޓަރީގެ ހިދުމަތް މި ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ފެށިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ގީލާ އަލީ ވިދާޅުވީ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަލިތައް ތަހުލީލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް ހާއްސަ ސަމާލުކަމެއް ދެވިފައިވާ ކަމަށެވެ. އެގޮތުން ރަށުގައި ތިބެގެން އާންމު ބަލިތަކަށް ބޭނުންވާ ތޭރަ ވައްތަރެއްގެ ޓެސްޓު ޕޮއިންޓް އޮފް ކެއާގެ ތެރެއިން ހެދޭނެ އިންތިޒާމު ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހަމަޖައްސާފައިވާ ކަމަށާއި، މިއީ މިހާތަނަށް އެއްވެސް ސަރުކާރަކުން އެ ރަށުގައި ގާއިމުކޮށްދީފައިވާ ހިދުމަތެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އާބާދީ ކުޑަ ރަށްރަށުންވެސް ލެބޯޓަރީގެ ހިދުމަތް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރައްވައި، ރާއްޖޭގެ ټول ރަށްރަށުގައި ލެބޯޓަރީ ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކިހާދޫގައި ގާއިމުކުރެވޭ ލެބޯޓަރީއަށް ބޭނުންވާ މުވައްޒަފުން މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ނިމުނު އަހަރު ކިހާދޫއަށް އެމްބިއުލާންސެއް ފޯރުކޮށްދީ، އެ ހިދުމަތް މިހާރު ފެށިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެރަށުގައި އައު ހިދުމަތްތައް ތައާރަފުކުރެވި، އެ ކަންކަމުގެ ފަސޭހަކަން ރައްޔިތުންނަށް ލިބެމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Saeed

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމުގެ ނިންމުންތައް ނިންމަނީ ފަންނީ ދިރާސާތަކަށް ބަލައި ނަތީޖާ ނެރެވޭގޮތަށް: ވަޒީރު ޤީލާ

1784200864435 eoaaeq

އިތާ ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްފި

ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރުވުމަށް ހަމަޖެހިއްޖެ

ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި