“ދަނޑުވެރި މަންފާ” އެގްރިބިޒްނާސް މެޗިން ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި “ދަނޑުވެރި ނަފާ” ލޯނު އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކޮށް އިފްތިތާހުކޮށްފިއެވެ.
މި ދެލޯން އިފްތިތާހުކުރީ ދަނޑުވެރިކަމާބެހޭ ވަޒީރު އަހްމަދު ޝިޔާމް، ހއ. ކެލައަށް ކުރެއްވި ދަތުރުފުޅުގައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ، އެއީ މިނިސްޓްރީ އާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހިނގަމުންގެންދާ “މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)” ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމްގެ ދެވަނަ ބުރުކަމަށެވެ. އެ ވުޒާރާގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ނަފާ ލޯނު ސްކީމް ވެސް އިސްލާމީ ފައިނޭންސް ނިޒާމަށް ބަދަލުކޮށް، ނަފާ ސްކީމް ތައާރަފު ކޮށްފައިވާއިރު މިނިސްޓްރީން ބުނީ އެ ދެ ސްކީމަކީ ވެސް އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ހިންގާ ސްކީމުތަކެއް ކަމަށް ބުންޏެވެ.

ދަނޑުވެރި މަންފާ ސްކީމް އަމާޒުކޮށްފައި ވަނީ މެޕްގެ ހަރަކާތްތައް ކުރިއަށް ގެންދާ ހއ. އާއި ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯ އާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ. އެ ގްރާންޓުގެ ފުރަތަމަ ބުރު ނިންމީ ވަރަށް ކާމިޔާބުކަމާއެކުކަމަށް ވުޒާރާއިން ބުންޏެވެ. އަދި ދެވަނަ ބުރުގައި ވެސް ހުޅުވާލާފައި ވަނީ ހަމައެކަނި ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށް ކަމަށާއި، އެއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ގާއިމްކޮށްގެން ދަނޑުވެރިކަންކުރުންކަމަށް ވުޒާރާއިން ބުންޏެވެ.
އެ ސްލީމަށް ގްރާންޓު އެޕްލިކޭޝަން ބަލައިގަންނާނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލުންކަމަށްވެސް ވުޒާރާއިން ބުންޏެވެ.
ދަނޑުވެރި ނަފާ ފައިނޭންސިން ފެސިލިޓީއަކީ ޒަމާނީ ދަނޑުވެރިކަމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗާ، ޓެރަސް ނުވަތަ ވާޓިކަލް ގާޑެނިން އާއި ޕޯލްޓްރީ އެންޑް ސްމޯލް ލައިވް ފާމިން އާއި އެގްރޯ ޕްރޮސެސިން އެންޑް ވެލިއު އެޑިޝަނުގެ އިތުރުން އެގްރޯފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީތައް ގާއިމުކުރުމެވެ. ޖަނަވާރުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވެޓެރިނަރީ ސާވިސް އާއި ޕެޓް ފާމް، ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށް ވެސް އެ ސްކީމުގެ ދަށުން ފައިސާ ދޫކުރާނެކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.









ކިޔުންތެރިންގެ ހިޔާލު