ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައްޕަގެ ޖަނާޒާއަށް މެސީ އާޖެންޓީނާއަށް، ކްލަބްތަކާއި އެފްއޭގެ ދިދަ ބައިދަނޑިއަށް

AFP20260809C49M978v1MidResFblArgentinaDeath
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލަޔޮނަލް މެސީގެ ބައްޕަ ޖޯޖް މެސީ އިއްޔެ މަރުވުމާއި ގުޅިގެން، ޖަނާޒާއަށް މެސީ ގައުމަށް ހިނގައްޖެއެވެ.

އޭނާ ކުޅެމުންދާ އިންޓަ މިއާމީން ހުއްދަ ދިނުމުން އަމިއްލަ ޖެޓުގައި އެމެރިކާއިން ފުރައިގެން މިއަދު ހެނދުނު މެސީ އާޖެންޓީނާގެ ރޮސާރިއޯއަށް ދިޔައީ އެއީ ބައްޕަގެ އުފަން ޝަހަރު ކަމަށްވާތީއެވެ. އުމުރުން 68 އަހަރުގައި ނިޔާވި ބައްޕަގެ ޖަނާޒާ އޮންނާނީ ވެސް މިސިޓީގައެވެ. ނަމަވެސް ޖަނާޒާގެ ތާރީހާއި ވަގުތު އޮތީ ސިއްރު ކޮށްފައެވެ. މި ހިތާމައިގެ ބައިވެރިވުމުގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ދިފަ ވަނީ ބައިދަނޑިއަށް ތިރި ކުރަން ނިންމައިފަ އެވެ.މި ގޮތުން އާޖެންޓީނާގެ ފުޓްބޯޅައާ ގުޅުންހުރި ހުރިހާ ތަނެއްގައި ވެސް ދިދަ ތިރި ކުރާނެ އެވެ. މީޑިޔާ ރިޕޯޓްތައް ބުނަނީ އާޖެންޓީނާ އާއި ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާގެ ބައްޕަ ނިޔާވުމުގެ ހިތާމައިގައި ބައިވެރިވުމަށްފަހު ފަހު މި ދިދަ އުފުލާނީ ޖަނާޒާ ނިމުމުން ކަމަށެވެ.

އާޖެންޓީނާގެ އެފްއޭގެ އިތުރުން އެ ގައުމުގައި މެސީ ކުޅުނު ކުލަބުތަކުގެ ދިދަތައް ވެސް ތިރި ކުރާނެއެވެ. މި ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މެސީ އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރި ބާސެލޯނާ އާއި އޭގެ ފަހުން ކުޅުނު ފްރާންސްގެ ޕީއެސްޖީ އާއި މިހާރު ކުޅެމުންދާ އެމެރިކާގެ އިންޓަ މިއާމީން ވެސް ވަނީ ތައުޒިޔާގެ ކިޔައިފަ އެވެ. އަދި އެންމެ ފާހަގަ ކުރެވެނީ ބާސެލޯނާއާ އެންމެ ވާދަވެރި ސްޕޭނުގެ ރެއާލް މެޑްރިޑް ވެސް މެސީއަށް ތައުޒިޔާކުރުމެވެ.

HajjCop_ads
Advertisement

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަށް ފަހަރު ހޯދި މެސީ ވަނީ އާޖެންޓީނާ އަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދީ 2026 އާއި 2014ގައި ވޯލްޑް ކަޕް ފައިނަލަށް އެ ގައުމު ގޮސްދީފައެވެ. އުމުރުން 13 އަހަރުގައި މެސީ ގޮވައިގެން އޭނާގެ ބައްޕަ ރޮސާރިއާ ދޫކޮށް ސްޕޭނަށް ބަދަލުވީ ދަރިފުޅުގެ ބަލިހާލަތު ހުރި ގޮތުންނެވެ. އޭގެ ފަހުން ބާސެލޯނާގެ އެކަޑަމީގައި އޭނައަށް ފަރުވާދީ މިހާތަނަށް މެސީގެ އެޖެންޓްކަން ކުރުމާއި ދަރިފުޅުގެ ހުރިހާ ކަމެއްގައި އިސްކޮށް ހަރަކާތްތެރިވި މީހަކީ ޖޯޖް މެސީއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

819055775 1138513282033794 4466413738168937404 n

މެސީގެ ވަދާޢީ ޖާރޒީ ދައްކާލައިފި

J4ZZO2IFCZKUJME3Y5WO7LCNWM

މެސީ ޤައުމީ ޓީމަށް ނަގައިފި، މިއީ ވަދާޢީ މެޗު

C4b8e24d3155b10bbfa25c4ef57b2691

ބޯނަސް ނުލިބޭތީ އާޖެންޓީނާގެ ކޯޗު ސްކަލޯނީ އެއްބަސްވުން އައުކުރަން ބޭނުމެއްނޫން!

Images

އިންފަންޓީނޯގެ ޝުކުރާއި ތަޢުރީފް މެސީއަށް