ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް:
Maldivian_Ads
TTH_Ads
STO_Ads
Advertisement

އެމެރިކާއިން އެމީހުންގެ ސުލޫކު އިސްލާހް ކުރަންދެން ހޮރްމޫޒު ކަނޑުއޮޅި ނުހުޅުވާނޭ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފިއެވެ.

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މިކަން ހަމަކުރީ، ހޮރްމޫޒު މެނޭޖްކުރުމާ ގުޅޭގޮތުން އީރާނާއި އުމާނުން މަޝްވަރާކޮށް އެއްބަސްވުމެއްގެ އައުޓްލައިން އެކަށައަޅައި އީރާނުގެ އެންމެމަތީ ވެރިންގެ ރުހުން ހޯދަން ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ފެތުރިފައި ވަނިކޮށެވެ.

ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ، ހޮރްމޫޒު ހުޅުވަން ހަރުކަށި ޝަރުތުތަކެއް އެމެރިކާއަށް ކުރިމަތިކޮށްފައެވެ.

HajjCop_ads
Advertisement

އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ތަކުރާރުކޮށް އީރާނަށް ކުރިމަތިކުރަމުންދާ އިންޒާރުތައް ހުއްޓާލައި ދެން ދުވަހަކުވެސް އީރާނަށް އިންޒާރު ނުދިނުމާއި، އީރާނާއި އީރާނުގެ ބައިވެރިންނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާއި، އީރާނުގެ ބްލޮކޭޑް އުވާލުމާއި، އީރާނުގެ ވަށައިގެން ތިބި އެމެރިކާ ސިފައިންގެ ލަޝްކަރުތައް އަނބުރާ ގެންދިއުމާއި، އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި އީރާނަށް ލިބުނު ގެއްލުންތަކުގެ ފުރިހަމަ ބަދަލު ދިނުމާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އުވާލުމުގެ އިތުރުން، އެމެރިކާއިން ޣައިރުގާނޫނީގޮތުން ހިފަހައްޓާފައިވާ އީރާނުގެ ފަންޑުތައް އެއްވެސް ޝަރުތަކާ ނުލައި ދޫކޮށްލުމެވެ.

މިކަންކަން ކުރުމަށް އެމެރިކާއިން އެއްބަސްވާނަމަ އަދި ކުރިއަށްއޮތް ތަނުގައި އެމެރިކާއިން އެމީހުންގެ ސުލޫކާއި އަމަލުތައް އިސްލާހްކުރަން އެއްބަސް ނުވާނަމަ ހޮރްމޫޒު ކަނޑުއޮޅި ނުހުޅުވާނޭ ކަމަށް ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ހަނގުރާމަ ކުރަން ޖެހުނަސް އަދި އިތުރަށް މަޝްވަރާ ކުރަންޖެހުނަސް އެއްވެސް ވަރަކަށް ދޫނުދޭނޭ ކަމަށް ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ހުށަހެޅި ހުށަހެޅުމުގައި ބަޔާން ކޮށްފައި ވެއެވެ.

އީރާނާއި އުމާނާ ދެމެދު މަޝްވަރާ ކުރަމުންދަނީ ހޮރްމޫޒު މެނޭޖްކުރުމުގެ އުސޫލުތަކެއް ކަނޑައެޅުމުގެ މަޝްވަރާތަކެކެވެ. އީރާނުން ތަކުރާރުކޮށް ބުނަމުންދިޔައީ އެއީ ހޮރްމޫޒު ހުޅުވުމާ ގުޅޭ މަޝްވަރާތަކެއް ނޫން ކަމަށެވެ.

އެމެރިކާ ތައްޔާރުވަމުން ދިޔައީ އީރާނާއި އުމާނުގެ މަޝްވަރާތަކަށްފަހު އީރާނުން ހޮރްމޫޒު ހުޅުވާލުމުން އެއީ އެމެރިކާއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދުނިޔެއަށް އިއުލާން ކުރުމަށެވެ. ނަމަވެސް، އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން މިވަނީ އެ ދޮރުވެސް ބަންދުކޮށް އެމެރިކާއަށް ސަލާމަތް ނުވެވޭވަރުގެ ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް

އީރާނު އެއަރލައިންތަކުގެ ބައެއް ފްލައިޓްތައް ކެންސަލްކުރަން ފެށިނަމަވެސް ދަތުރުތައް ނުހުއްޓޭ

އީރާނު “ނައްތާލަން” ޓްރަމްޕް އިންޒާރުކުރުމަކީ ނާއުންމީދުވެފައިވާކަމުގެ ނިޝާނެއް: އީރާނު އަސްކަރިއްޔާ