ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮޕާ އެމެރިކާގައި ކުޅޭނެތޯ ނިންމާނީ މެސީ އަމިއްލައަށް!

Argentinas-Lionel-Messi
Maldivian_Ads
STO_Ads
TTH_Ads
Advertisement

2028 ވަނަ އަހަރު އޮންނަ ކޯޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާގެ ގައުމީ ޓީމަށް ލިއޮނެލް މެސީ ކުޅޭނެތޯ ނިންމާނީ އޭނާ އަމިއްލައަށްކަމަށް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ. އެ އެސޯސިއޭޝަންގެ ރައީސް ވަނީ ގައުމީ ޓީމާއިއެކު މެސީގެ ވިސްނުން ހުރި ގޮތެއް އަދި އެނގިފައިނުވާ ކަމަށް ބުނެފައެވެ. އަދި އެކަމާއި ގުޅޭ ގޮތުން އެސޯސިއޭޝަނުން އެއްވެސް ޕްރެޝަރެއް ނުކުރާނެ ކަމަށެވެ.

މިހާރު އުމުރުން 39 އަހަރުގެ މެސީ ވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ އިތުރުން މި އަހަރު ބޭއްވި ފީފާ ވޯލްޑްކަޕްގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. މެސީ ވަނީ 2021 އަދި 2024 ވަނަ އަހަރުގެ ކޯޕާ އެމެރިކާގެ ޗެމްޕިއަންކަންވެސް އާޖެންޓީނާ އާއިއެކު ހޯދާފައެވެ.

އެސޯސިއޭޝަންގެ ރައީސް ބުނީ މެސީ ދަނޑު މަތިން ފެނުމުން އެކަމާ އުފާކުރަނީ އޭނާ އެކަނި ނޫން ކަމަށާއި އެއީ ފުޓްބޯޅަ އަށް ލޯބިކުރާ އެންމެނަށްވެސް އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށެވެ. އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗު ކަމުގެ މަގާމަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އޭނާގެ ވިސްނުމަކީ އަދިވެސް ސްކެލޯނީ އާއި މަޝްވަރާކޮށް އޭނާ އެ މަގާމުގައި ބެހެއްޓުން ކަމަށްވެސް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

819055775 1138513282033794 4466413738168937404 n

މެސީގެ ވަދާޢީ ޖާރޒީ ދައްކާލައިފި

J4ZZO2IFCZKUJME3Y5WO7LCNWM

މެސީ ޤައުމީ ޓީމަށް ނަގައިފި، މިއީ ވަދާޢީ މެޗު

Images

އިންފަންޓީނޯގެ ޝުކުރާއި ތަޢުރީފް މެސީއަށް

Images

މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި