ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ 2 ފެކަލްޓީއަކަށް ޑީނުން އައްޔަންކޮށްފިއެވެ.
ޑީނުން އައްޔަންކޮށްފައިވަނީ، އެ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެގޮތުން މިއަދު ޑީނުން އައްޔަންކޮށްފައިވަނީ އެމްއެންޔޫ ފެކަލްޓީ އޮފް އާޓްސްއާއި، ފެކަލްޓީ އޮފް ހެލްތު ސައިންސްއަށެވެ. އެގޮތުން އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްއަށް އައްޔަނުކޮށްފައިވަނީ، ޑރ.އައިމިނަތު ރިޔާޟްއެވެ. ޑރ.އައިމިނަތު ރިޔާޟް އެ ޔުނިވަރސިޓީއާއި ގުޅިވަޑައިގަތީ، 1992ވަނަ އަހަރު އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސްގެ ލައިބްރޭރިއަންގެ މަޤާމަށެވެ. އަދި އެއަށްފަހު 15 އަހަރު ލައިބްރަރީގެ އެކި މަޤާމުތަކުގައި، ޚާއްސަކޮށް ޗީފް ލައިބްރޭރިއަންގެ މަޤާމު އަދާކުރެއްވިއެވެ. އެއަށްފަހު 2018ވަނަ އަހަރު ޑރ.އައިމިނަތު ރިޔާޟްވަނީ، ޔުނިވަރސިޓީއާ އަލުން ގުޅިވަޑައިގެން ފެކަލްޓީ އޮފް އާޓްސްގައި ލެކްޗަރަރ އަދި ސީނިއަރ ލެކްޗަރަރގެ މަޤާމް އަދާކުރައްވާ، 2019އިން ފެށިގެން އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމު އަދާކުރައްވާފައެވެ.
The Maldives National University held the investiture ceremony for Dr. Aishath Sanoora as the Dean of the Faculty of Health Sciences. The ceremony marked an important milestone for the University, reaffirming its commitment to strengthening academic leadership, advancing… pic.twitter.com/C4uIwodoqV
Advertisement— The Maldives National University (@MNUedu) August 4, 2026
ޑރ. އާމިނަތު ރިޔާޟްއަކީ، އެޗްއޯޑީއެއްގެ ހައިސިއްޔަތުން ޑިޕާޓްމަންޓް ހިންގަވައި، ފެކަލްޓީ ކުރިއެރުވުމަށް މަސައްކަތްކުރައްވާ، އަދި ފެކަލްޓީއާއި ޔުނިވަރސިޓީގެ އެކި ކޮމިޓީތަކުގައި ބައިވެރިވެ، އެތައް މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި އެމްއެންޔޫއިން ބުންޏެވެ.
އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ.އައިމިނަތު ރިޔާޟް ވިދާޅުވީ، ތަފާތު ޤާބިލުކަން ހުންނަ ދަރިވަރުންނަށްވެސް ޝާމިލްވެވޭނެ ގޮތަށް ޚިދުމަތް ދޭންޖެހޭ ކަމަށެވެ. އަދި ކުރާ ކޮންމެ މަސައްކަތަކީ ޔުނިވަރސިޓީގެ ގޯތިތެރެއިން ބޭރުވެ، މުޖުތަމައަށް ޚިދުމަތްދެވޭވަރުގެ މަސައްކަތަކަށް ވާންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
ފެކަލްޓީ އޮފް ހެލްތު ސައިންސަސްއަށް އައްޔަންކޮށްފައިވަނީ، ޑރ.ޢާއިޝަތު ސަރޫނާއެވެ. ޑރ. ޢާއިޝަތު ސަރޫނާއަކީ، ޤައުމީ ޔުނިވަރސިޓީއަށް 19 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ޑރ. ސަރޫނާ އެ ޔުނިވަރސިޓީއާއި ފުރަތަމަ ގުޅިވަޑައިގަތީ، 2001 ވަނަ އަހަރު ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޕްރިންސިޕަލް އިންސްޓްރަރގެ މަޤާމަށެވެ.
އަދި އެއަށްފަހު ޔުނިވަސިޓީގައި އެސިސްޓެންޓް ލެކްޗަރަރ، ލެކްޗަރަރ، އަދި އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމް އަދާކުރެއްވުމަށްފަހު އޭނާވަނީ 2022 ވަނަ އަހަރު ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންގެ މަޤާމަށް ހޮވިވަޑައިގެންފައެވެ. މިއީ، އޭނާގެ ޑީންކަމުގެ ދެވަނަ ދައުރެވެ.
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންގެ މަޤާމުގައި ޑރ. ޢާއިޝަތު ސަނޫރާވަނީ، ފެކަލްޓީ ތަރައްޤީކޮށް ކުރއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އައު ޕްރޮގްރާމުތައް ތަޢާރަފް ކުރުމާއި، ރިސާރޗް މަސައްކަތް ފުޅާކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދެއްވާފައިވެއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ.ޢާއިޝަތު ސަރޫނާ ވިދާޅުވީ، ކުރިއަށް އޮތް 4 އަހަރަށް ކަނޑާއަޅާފައިވާ ތަސައްވުރު ހިއްސާކުރައްވާފައެވެ. ޤައުމީ ފެންވަރުގައި އިސްކަންދޭ ދާއިރާތަކުން އައު ޕްރޮގްރާމުތައް ތަޢާރަފްކޮށް، ޕޯސްޓް ގްރެޖުއޭޓް ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.
2 ފެކަލްޓީއަކަށް ޑީނުން އައްޔަނުކޮށްފައިވަނީ އެ 2 ފެކަލްޓީގައި ތިއްބެވި ޑީނުންގެ ދައުރު ހަމަވުމުންނެވެ. ޑީނުންގެ ދައުރަކީ 4 އަހަރު ދުވަހެވެ.










ކިޔުންތެރިންގެ ހިޔާލު