ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވީއައިއޭ އާއި މާމަހި އެގްޒެކެޓިވް ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެ

velana airport
TTH_Ads
STO_Ads
Advertisement

ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވާކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން  އިއުލާނުކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓްވެފައިވަނީ “އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026” ގެ މަގާމަށްކަމަށެވެ. މީގެ ކުރިން 12 ފަހަރު މި ލަގަބު ހޯދާފައިވާ މި އެއާޕޯޓަށް މިފަހަރު ލިބުނު ނޮމިނޭޝަނަކީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއާޕޯޓުގެ ގޮތުގައި މި އެއާޕޯޓުން ދަމަހައްޓަމުންދާ މަގާމު ރަމްޒުކޮށްދޭ ކަމެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

HajjCop_ads
Advertisement

މާމަހި އެގްޒެކެޓިވް ލައުންޖުގައި ފަތުރުވެރިއަކު މަޑުކޮށްލައިގެން. ފޮޓޯ: އެމްއޭސީއެލް

އަދި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވަނީ “އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް ލައުންޖް 2026” ގެ މަގާމަށްކަމަށާއި މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަކަމުގެ ހެއްކެއްކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިން ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

އެއާޕޯޓުގެ ކައުންޓަރަކުން ފަސިންޖަރަކަށް ހިދުމަތްދެނީ. ފޮޓޯ:އެމްއޭސީއެލް

މި ނޮމިނޭޝަންތަކަކީ އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، ދިވެހިރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގާމު ވަރުގަދަކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކުގެ ހެއްކެއްކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ވެލާނާ އެއާޕޯޓުގެ ޖެޓީ ބޭނުންކުރާއިރު ހާއްސަ ހުއްދައެއް ނަގަންޖެހޭ އުސޫލަށް އަމަލުކުރަން ފަށައިފި

Umra hajj cooperation

އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފި

velaana airport macl

ވީއައިއޭގެ ސީ-ޓު-އެއަރ ކާގޯ ޚިދުމަތާ ކެމްބޯޑިއާ ގުޅިއްޖެ

Large thumb

އެއާ ކާގޯ ޗައިނާ 2026 ގައި އެމްއޭސީއެލް އިން ބައިވެރިވެއްޖެ