ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި

Qw
TTH_Ads
STO_Ads
Advertisement

އަމީނީ މަގު މަރާމާތުކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އެ މަގުގެ ފުރަތަމަ ސެގްމަންޓުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ކުރިން އަޅާފައި އޮތް ތާރުގަނޑު ކަނޑައި ނެގުމުގެ މަސައްކަތްތަކެވެ.

މާލޭގެ އަމީނީމަގާއި، އިއްޒުއްދީން މަގު އަދި ބޮޑުތަކުރުފާނު މަގު މަރާމާތު ކުރުމުގެ މަސައްކަތް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ކޯ ކަޓިންގގެ މަސައްކަތްތައް އެމްޓީސީސީން ވަނީ އެއްކޮށް ނިންމާފައެވެ. މިގޮތުން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ، އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން މަސައްކަތް މުޅިން ނިންމާލާފައިވަނީ 2024 އަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް މަސައްކަތް ނިމުނުތާ ކުރު މުއްދަތެއްގެ ތެރޭގައި އެ މަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި، މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައި ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، އާންމު ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މިކަމުގެ ފަންނީ މާހިރުން ފާހަގަކުރާ ގޮތުގައި، މިހާ އަވަހަށް ތާރުގަނޑު ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަރު ބަސްތައް ދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

HajjCop_ads
Advertisement

މި މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތިން އޮންނަ އިއްޒުއްދީން މަގާ ހިސާބުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ އޮންނަ ޕާކާ ހަމައަށް މިހާރު ވަނީ ބަންދުކޮށްފައެވެ. މަގު ބަންދުކުރުމާ ގުޅިގެން އެމްޓީސީސީން ފޯރުކޮށްދޭ އާރްޓީއެލް ބަސް ދަތުރުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި، ރޫޓް-10 އޯކިޑް ރޫޓުގެ ދަތުރުތައް ފަށާނީ އަދި ނިންމާނީވެސް ވެސްޓު ޕާކު ބަސް ސްޓޮޕަށެވެ. މި ބަދަލާ ގުޅިގެން، ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް ރޫޓް-10ގެ ބަސްތަކެއް މަޑެއް ނުކުރާނެއެވެ.

މީގެ އިތުރުން، އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް ނިމެންދެން ރޫޓް-11 އަމީނީމަގު ރޫޓުގެ ބަހުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑޭނެއެވެ. އަދި ހަމައެއާއެކު ރޫޓް-1، ރޫޓް-3، ރޫޓް-7 އަދި ރޫޓް-15 ގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި މާލޭގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ. މަގު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު، އާންމުންނަށް ދިމާވާނެ ދަތިތައް ކުޑަކުރުމަށްޓަކައި ބަދަލު މަގުތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ފުލުހުންނާ ގުޅިގެން ހަމަޖައްސަމުންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުސެއިން އާދަމް ބިލްޑިންއިން ދޮށިމޭނާއާ ހަމައަށް އެއްގަމު ތޮށި ސިފައިންގެ ބޭނުމަށް ހާއްސަ

88887

ބާވެ ހަލާކުވެފައިވާ 9 ބަހެއް ނީލަމުގައި ވިއްކާލަން އެމްޓީސީސީން އިއުލާންކޮށްފި

HO27hA1bsAAv8LU

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަޙައްދުގައި އިތުރަށް ރުއް އިންދަނީ

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 143،000 އަކަ މީޓަރުގެ ބިން ހިއްކައިފި