ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

Download 2026 09 21T181004.192
TTH_Ads
STO_Ads
Maldivian_Ads
Advertisement

ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝައިޚު އަޙުމަދަށް މާތް ﷲ ގެ ދީލަތި ރަޙުމަތް ލައްވައި ޖައްނަތުލް ފިރުދައުސް މިންވަރު ކުރެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރާއި ރައްޔިތުން ވެސް މި ހިތާމައިގައި ބައިވެރިވެ ޝައިޚު މުޙައްމަދާއި ޢާއިލާއަށް އަދި ޔޫއޭއީގެ ރައްޔިތުންނަށް ކެތްތެރިކަމާއި ހެޔޮ ދުޢާ ރައްދުކުރައްވާ ކަމަށެވެ.

ރައީސް އެކްސްގައި ކުރެއްވެވި ޕޯސްޓް

ޝައިޚު އަޙުމަދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ދުބާއީ މީޑިއާ އޮފީހުން ބުނެފައިވެއެވެ. އެ އޮފީހުން ބުނީ ރަސްމީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމައި، ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ނިންމާފައިވާކަމަށެވެ.

HajjCop_ads
Advertisement

ޝައިޚު އަޙުމަދަކީ ދުބާއީގެ ކުރީގެ ޙާކިމު ޝައިޚު ރާޝިދު ބިން ސަޢީދު އަލް މަކްތޫމުގެ ހަތަރު ދަރިކަލުންގެ ތެރެއިން އެންމެ ހަގު ދަރިކަލުންނެވެ. އެ މަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑެމީ ސޭންޑްހާސްޓުން ތަޢުލީމު ހާސިލުކުރައްވައި ދުބާއީގެ ސެންޓްރަލް މިލިޓަރީ ކޮމާންޑުގެ ކޮމާންޑަރުގެ މަޤާމާއި ދުބާއީ ފުލުހުންގެ ނައިބު ޗެއާމަނުގެ މަޤާމު އަދާކުރައްވައިފައެވެ. މީގެ އިތުރުން އޭއާރުއެމް ހޯލްޑިންގުގެ ގްރޫޕް ޗެއާމަނެއްގެ ގޮތުގައި ޚިދުމަތް ކުރެއްވި އިރު 1960 ވަނަ އަހަރު އަލް ވަޞްލް ސްޕޯޓްސް ކްލަބު އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.

ޔޫއޭއީގެ ރައީސް ޝައިޚު މުޙައްމަދު ބިން ޒައިދު އަލް ނަހުޔާނު ވެސް ވަނީ ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީގެ ޙާކިމަށް ތަޢުޒިޔާ ވިދާޅުވެ ޔޫއޭއީ ބިނާކުރެއްވުމުގައި ޝައިޚު އަޙުމަދު ކުރެއްވި ޚިދުމަތްތަކަށް ތަޢުރީފު ކުރައްވައިފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

88887

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށްފި

އަޙްމަދު މަނިކު އަވަހާރަވުމާއި ގުޅިގެން ރައީސްގެ ތަޢުޒިޔާ

ޢަބްދުالله ޝަރީފު އަވަހާރަވުމާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ތައިލެންޑުގެ އަމީރާ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވައިފި