ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެލާނާ އެއާޕޯޓުގެ ޖެޓީ ބޭނުންކުރާއިރު ހާއްސަ ހުއްދައެއް ނަގަންޖެހޭ އުސޫލަށް އަމަލުކުރަން ފަށައިފި

velana airport
STO_Ads
Maldivian_Ads
TTH_Ads
Advertisement

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެޓީއަށް އުޅަނދު ފަހަރު ގާތްކުރުމަށް ހާއްސަ ހުއްދައެއް ނަގަންޖެހޭ އުސޫލަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ، އެއާޕޯޓުގެ ފަޅުތެރެ ބޭނުންކުރާ އުޅަނދުތައް “ހާބަ ޕޯޓަލް” ގައި ރަޖިސްޓްރީކުރަން ނިންމީ ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމުގެ ބޭނުމުގައި ކަމަށެވެ.

ފަޅުތެރެ ބޭނުންކުރާ އުޅަނދުފަހަރުގެ ރެކޯޑުތައް ޑިޖިޓަލްކޮށް ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ކަންކަން މޮނިޓާކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް މިއާއެކު ލިބިގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

HajjCop_ads
Advertisement

މި ޕޯޓަލް ބޭނުންކުރުން ކުރިއަށްދާނީ ތަފާތު މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހާއްސަ އިސްކަމެއް ދެނީ އުޅަނދުތައް ރަޖިސްޓްރީ ކުރުމުގެ ކަންކަމަށާއި، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ ހޭލުންތެރިކަން އުޅަނދުތަކުގެ ވެރިންނާއި އޮޕަރޭޓަރުންގެ މެދުގައި އިތުރުކުރުމަށް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ރަޖިސްޓްރީ ކުރުމުގެ މަރުހަލާގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފަޅުވެރިންނާ ސީދާ މުއާމަލާތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި އުސޫލުގެ ދަށުން “ހާބަ ޕޯޓަލް”ގައި ރަޖިސްޓްރީވުމަށް އުޅަނދުތަކުގެ ވެރިންނަށާއި އޮޕަރޭޓަރުންނަށް އެއް މަސްދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެ މުއްދަތު ހަމަވުމަށްފަހު ޕޯޓަލް އަމަލީގޮތުން ބޭނުންކުރަން ފެށުމުން، އެއާޕޯޓުގެ ފަޅުތެރެއިން އެއްވެސް ހިދުމަތެއް ހޯދުމުގެ ކުރިން ފަޅުތެރެ ބޭނުންކުރުމުގެ ހުއްދައަށް އެދި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޑަކުދިންނަށް އިންޖިނިއަރިންގެ ދާއިރާ ތައާރަފުކޮށްދިނުމަށް އެމްއޭސީއެލްއިން ހަރަކާތެއް ބާއްވައިފި

އެމްއޭސީއެލްއާއި ވިލާ ހައި ސްކޫލާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ވޯލްޑް ޓްރެވަލް އެވޯޑުގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރަކަށް އެމްއޭސީއެލް ހަމަޖައްސައިފި

އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ބެޗް ދަސްވެނިވެއްޖެ