މިދިޔަ ހަފްތާގައި ސްކޭމްގެ 33 މައްސަލައެއް ހުށައަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފުތާގައި ފުލުހުންނަށް ހުށައަޅާފައިވާ މިމައްސަލަތަކުގައި 184،235.00 ރުފިޔާ ވަނީ ގެއްލިފައެވެ. އަދި ފުލުހުންގެ މަސައްކަތުން މީގެތެރެއިން 72,073.00 ރުފިޔާ ކާމިޔާބުކަމާއެކުވަނީ އަނބުރާ ހޯދައިދީފައެވެ. ސްކޭމް ހިންގުމަށް އާންމުގޮތެއްގައި ބޭނުންކޮށްފައިވާ މަންސަތަކަކީ އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާރކެޓްޕްލޭސްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިދިޔަ ހަފްތާގައި ހުށައެޅި ސްކޭމްގެ މައްސަލަތައް:

- އީ- ކޮމާސް: 16 މައްސަލަ
- ފައިސާ މާރުކުރުން: 4 މައްސަލަ
- އެހެންމީހަކަށް ވެގެން އޮޅުވާލުން: 1 މައްސަލަ
- ބުކިން ކެންސަލޭޝަން ރިފަންޑް ސްކޭމް: 7
- އެހެނިހެން: 5 މައްސަލަ
އީ-ކޮމާސް ސްކޭމްތަކަކީ މިދިޔަ ހަފްތާވެސް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކަށްވާތީ އޮންލައިންކޮށް ވިޔަފާރިކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ސްކޭމްގެ މައްސަލަތަކުގެތެރޭގައި ސައިބާ ކްރައިމްގެ ބާވަތްތައް ރާއްޖޭގައި އިތުރުވަމުންދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި މިގޮތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހުން ބުނީ ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ %90 ހިއްސާކުރަނީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ ސްކޭމްތައްކަމަށެވެ.










ކިޔުންތެރިންގެ ހިޔާލު