ގެސްޓުހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރަނީ ޗައިނާ އަދި އިޓަލީވިލާތުގެ ފަތުރުވެރިންކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިހާތަނަށް ވަނީ ދެލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓު ހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،241،422 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 274،687 ފަތުރުވެރިން ވަނީ ގެސްޓު ހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ. މިއީ މި މުއްދަތުގެ ތެރޭގައި ރާއްޖެއައި ފަތުރުވެރިންގެ %22.6 އެވެ.
ގެސްޓްހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ. ޗައިނާއަކީ މި މުއްދަތައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުވެސްވެއެވެ. ޗައިނާއިން 213،317 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެތެރެއިން %28.6 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. ދެވަނައަށް އެންމެ ގިނައިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ އިޓަލީ ފަތުރުވެރިންނެވެ. އިޓަލީވިލާތުން 96،876 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެތެރެއިން %28.2 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

ރާއްޖޭގައި މިވަގުތު 944 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައިވާއިރު، އެތަންތަނުގެބެޑް ކެޕޭސިޓީ 17،010 އަށް އަރައެވެ. މިއީ ބެޑް ކެޕޭސިޓީގެ %25 ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.









ކިޔުންތެރިންގެ ހިޔާލު