ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރިއެކޭ އެއްގޮތަށް ކުނި ނެގުމުގެ ހިދުމަތް މާދަމާ ފަށާނެ: ވެމްކޯ

wamco
TTH_Ads
Maldivian_Ads
STO_Ads
Advertisement

ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މެދުކަނޑާލި ވެމްކޯގެ ބައެއް ހިދުމަތްތައް އަލުން ފަށައި، މާދަމާއިން ފެށިގެން އޮޕަރޭޝަންތައް އާންމު ހާލަތަށް ގެނައުމަށް ވެމްކޯއިން ނިންމައިފިއެވެ.

ވެމްކޯއިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުން އަންނަ ހިދުމަތްތައް މާދަމާއިން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް މެދުނުކެނޑި ލިބޭނެ ކަމަށެވެ. މީގެ ތެރޭގައި ގޭބިސީތަކުން ކުނި ނެގުމުގެ އިތުރުން، މެދުކަނޑާލާފައި އޮތް ކެޕްސް ނުވަތަ ބޮޑެތި ކުނި އުކާލަދިނުމުގެ ހިދުމަތްވެސް ހިމެނޭކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން ބުނީ ޓްރާންސްފާ ސްޓޭޝަންތަކަށް ކުނި ގެންދާއިރު ކަނޑައެޅިފައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ. ހާއްސަކޮށް ގާކުނި ނުވަތަ އިމާރާތްކުރުމުގެ މަސައްކަތުން އުފެދޭ ކުނި ގެންދަންވާނީ ދެ ބަޔަށް ވަކިކޮށްފައިކަމަށް ވެމްކޯއިން ބުންޏެވެ.

HajjCop_ads
Advertisement

މިދިޔަ ހަފުތާގައި ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން، ވެމްކޯ ސައިޓުގެ ބައެއް ސަރަހައްދުތަކަށް ކުނި ބަލައިގަތުން ވަނީ ވަރަށް ބޮޑަށް މަދުކުރަން ޖެހިފައެވެ. އެކަމުގެ އަސަރު މާލެ ސަރަހައްދުގެ ޓްރާންސްފާ ފެސިލިޓީތަކަށްކޮށް، އޮޕަރޭޝަނަށް ބުރޫއެރި ނަމަވެސް، މިހާރު ހާލަތު ވަނީ ކޮންޓްރޯލް ކުރެވިފައިކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ތިލަފުށީގައި އަލިފާން ރޯވީ ކުނި ވަކިކޮށްފައި ބަހައްޓާފައި ހުރި ސަރަހައްދެއްގެ ތެރެއިން ހުޅުހިފާ ޒާތުގެ ކުނިތަކެއްގައި ކަމަށެވެ.

އަދި ހުޅުމާލޭގެ އޮޕަރޭޝަންތަކަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް، އެޗްޑީސީން މިހާރު ވަނީ ވަގުތީ ބިމެއް ވެމްކޯއާ ހަވާލުކޮށްފައި ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވެމްކޯގެ މުވައްޒަފުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމް ނިންމާލައިފި

ވެމްކޯގެ އިދާރީ ޚިދުމަތްތައް އެޕް މެދުވެރިކޮށް ހޯދޭ ގޮތް ހަދައިފި

HPqnv46akAA8rux

ވެމްކޯގެ ޚިދުމަތް ރަށްރަށުގައި ފެށުމަށް ބޭނުންވާ އުޅަނދުތައް ގެނެސް ކުންފުންޏާ ހަވާލުކޮށްފި

wamco md

ސިޓީ ކައުންސިލުން ވެމްކޯއަށް 116 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް: ވެމްކޯ