ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާފުށީ ބޭރުގައި އޮތް ފްލޯޓިން ބާ ސަފާރީއެއް ރަށު ބަނދަރަށް ލައްވައި ފުނޑުފުނޑުވެއްޖެ

88887
Maldivian_Ads
TTH_Ads
STO_Ads
Advertisement

މުޅި ރާއްޖެއަށް މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން، ކާފު އަތޮޅު މާފުށީ ބޭރުގައި ފްލޯޓިން ބާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި ސަފާރީއެއް އެ ރަށު ބަނދަރު ސަރަހައްދަށް ލައްވައި، ބޮޑެތި ގެއްލުންތަކެއްވެ ފުނޑުފުނޑުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:30 އެހާކަންހާއިރުއެވެ. މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ސަފާރީގެ ނަގިލި ކަހާލައިގެން ގޮސް ބަނދަރު ސަރަހައްދަށް ލައްވުމާއެކު، ނަގަމުންދިޔަ ބޮޑެތި ރާޅުތަކާއެކު އުޅަނދު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. މި ހާދިސާ ހިނގި ވަގުތު ސަފާރީގައި ތިބި މީހުން މޫދަށް ފުންމާލައިގެން ސަލާމަތްވެފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

މާފުށީ ފަޅުން ބޭރުގައި އާންމުކޮށް އަޅާފައި އޮންނަ މި ސަފާރީއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު ތަނެކެވެ. މަންޒަރު ދުށް މީހަކު މައުލޫމާތު ދިން ގޮތުގައި، އުޅަނދު އެއްގަމަށް ލައްވާން ފެށުމާއެކު އޭގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިން ވަނީ ރައްކާތެރިކަމާއެކު މޫދަށް ފުންމާލާފަ އެވެ. ނަމަވެސް، އެ ވަގުތު އުޅަނދުގައި ތިބި މީހުންގެ ސީދާ އަދަދެއް ރަސްމީ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

HajjCop_ads
Advertisement

އުޅަނދު ފުނޑުފުނޑުވުމުގެ ސަބަބުން އޭގެ ބައިތައް މާފުށީ ފަޅުތެރެއަށް އެޅިފައިވާއިރު، ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ތަކެތި ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފަ އެވެ. މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 5 ފޫޓާއި 7 ފޫޓާ ދެމެދަށް އުފުލި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތު އޮތް ކަމަށްވެސް ވަނީ އިންޒާރު ދީފައެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކޯސްޓްގާޑުންނާއި މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

moosun

40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

moosun

މިއަދުވެސް މޫސުން ގޯސް، ބައެއް އަތޮޅުތަކަށް ރީނދޫ އެލާޓް

moosun

ފުވައްމުލަކާއި އައްޑޫއަށް އޮރެންޖު އިންޒާރު ނެރެފި

moosun

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސް