ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާ ދެކޮޅަށް ޓްރަމްޕް ފަށައިގެންއުޅޭ ހަނގުރާމަ ހުއްޓުވަން ހުށަހެޅުނު ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
TTH_Ads
STO_Ads
Maldivian_Ads
Advertisement

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމަ ހުއްޓުވަން އެމެރިކާގެ ސެނޭޓަށް ގަރާރެއް ހުށަހެޅި، އެ ގަރާރު ދިރާސާކުރަން ސެނޭޓް ތައްޔާރުވެއްޖެއެވެ.

މި ގަރާރު ސެނޭޓުން ފާސްކޮށްފިނަމަ އީރާނާ ދެކޮޅަށް ފަށައިގެންއުޅޭ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސަށް މަޖުބޫރުވާނެއެވެ. އަދި  ހަމައެއާއެކު، ކޮންގްރެސްގެ ރުހުންނެތި ހަނގުރާމަ އިތުރަށް ކުރިއަށް ނުގެންދެވޭނެއެވެ.

އެމެރިކާގެ ރައީސް އީރާނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެ ކޮންގްރެސްއަށް މީގެކުރިން އެތައް ގަރާރެއް ހުށަހެޅި، އެ ގަރާރުތައް ބޭރުކޮށްލާފައި ވެއެވެ.

HajjCop_ads
Advertisement

އެމެރިކާގެ ރައީސް ހުއްޓުވަން މި ގަރާރުތަކަށް ކޮންގްރެސްގައި ގިނައިން ވޯޓު ދީފައިވަނީ ޑިމޮކްރޭޓުންނެވެ. ރިޕަބްލިކަން ޕާޓީގެ ހުރިހާ މެމްބަރުންހެން ކަހަލަގޮތަކަށް ތިބީ ރައީސް ޓްރަމްޕާ އެކުގައެވެ.

ކޮންގްރެސްއަށް ފަހުން ހުށަހެޅުނު އީރާނު ހަނގުރާމައާ ގުޅޭ ގަރާރުތަކަށް ރިޕަބްލިކަން ދެތިން މެމްބަރުން ޑިމޮކްރޭޓުންނާ އެއްކޮޅަށް ވޯޓު ދީފައި ވެއެވެ.

މިހާތަނަށް ހުށަހެޅުނު ގަރާރުތަކަށް ލިބިފައިވާ ވޯޓަކީ “ހަނގުރާމައިގެ ބާރުތަކުގެ ގާނޫނު” ގައި  ކަނޑައަޅާފައިވާ ޝަރުތުތަކަށް ތަބާވާން ރައީސް ޓްރަމްޕަށް މަޖުބޫރުކުރެވޭ މިންވަރެއް ނޫނެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިގެން އުޅެނީ އެއްވެސް މަގްސަދެއް ޕްލޭނެއް ނެތިކަން އެމެރިކާގެ އަސްކަރީ އަދި ސިޔާސީ އެތައް ތަޖުރިބާކާރުން ގެންދަނީ ބުނަމުންނެވެ.

އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިއިރު، އެމެރިކާއަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ. ކުރިން ކަންކަން އޮތްގޮތަށްވުރެ ހާލަތު އިތުރަށްވީ ގޯހެވެ.

އީރާނުން ބުއްދިވެރިކަމާއެކު އެމެރިކާއާ ކުރިމަތިލައި، އެމެރިކާގެ އަސްކަރީ ބޭސްތައް ސުންނާފަތިކޮށް، ސިފައިން މަރައި، އަސްކަރީ އުޅަނދުތަކާއި، މަތިންދާ ބޯޓުތަކާއި، ހަތިޔާރު ގުދަންތައް ގޮއްވައި ބޮޑެތި ގެއްލުންތައް ދަނީ ދެމުންނެވެ.

އީރާނުގެ މިސައިލްތައް ހުއްޓުވަން ބޭނުންކުރާ އެއަރ ޑިފެންސް މިސައިލް ސްޓޮކާއި، ހަތިޔާރު ސްޓޮކް މަދުވެ، އީރާނަށް ދެމުންގެންދިޔަ ހަމަލާތައް ޓްރަމްޕް މަޑުޖައްސާލީ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރައި، ސިފައިންގެ ވެރިން ޓްރަމްޕަށް މަޝްވަރާ ދިނުމުންނެވެ.

އީރާނުގެ ވެރިންނެކޭ އެއްގޮތަށް، އެމެރިކާގެ އެތައް ބަޔަކުވެސް ބުނަމުން ގެންދަނީ އެމެރިކާގެ ރައީސް ޓްރަމްޕް މިހާރު އުޅެނީ ހަނގުރާމައިން ނުކުމެވޭނެ ގޮތެއް ނުފެނިގެން ކަމަށެވެ. އެމެރިކާގެ އަސްކަރިއްޔާވެސް އޮތީ ހަނގުރާމައިގައި ތާށިވެފައި ކަމަށެވެ.

ހަނގުރާމަ ކޮށްގެން އީރާނުގެ މައްޗަށް ކުރި ނުހޯދުނު ނަމަވެސް، ބަލި ގަބޫލުކުރާކަށް އެމެރިކާގެ ރައީސް ބޭނުމެއް ނުވެއެވެ. އެއީ ދުނިޔޭގެ ލަދަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި