ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފީފާގެ ހުށައެޅުމަށް އެފްއޭއެމުން އަދި ވަކިގޮތެއް ނުނިންމާ!

436397 552c6f5a 5 (1)
ފީފާގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ ބައްދަލުވުމުގެ ތެރެއިން ފީފާގެ ރައީސާއި، އެފްއޭއެމްގެ ރައީސް–
TTH_Ads
STO_Ads
Advertisement

ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ހުށައެޅުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއެމްއޭއިން އަދި ވަކިގޮތެއް ނުނިންމާކަމަށް ބުނެފިއެވެ.

ފީފާއިން ވަނީ ޖިއާނީ އިންފަންޓީނޯ އިއުލާންކުރި ކޮމާޝަލް ސަބްސިޑިއަރީ އުފެއްދުމުގެ ޕްލޭނަށް ތާއިދުކުރާ މެމްބަރު ކޮންމެ ގައުމުތަކަށް 40 މިލިއަން އެމެރިކާ ޑޮލަރުގެ މާލީ އެހީ ލިބޭނެކަމަށް ބުނެ އެ ޖަމްއިއްޔާގެ މެންބަރު ހުރިހާ ގައުމަކަށް ސިޓީ ފޮނުވާފައެވެ. ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)ގެ ނަމުގައި އުފައްދާ އެކުންފުނިން ހިއްސާ ވިއްކައިގެން މި އަހަރު ނިމުމުގެ ކުރިން 4.2 ބިލިއަން ޑޮލަރު ފީފާއަށް ވަންނާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އެފްއޭއެމުން ބުނީ އިންފަންޓީނޯގެ ނިންމުމަށް އަދި ވަކިގޮތެއް އެ އެސޯސިއޭޝަނުން ނުނިންމާކަމަށެވެ. އަދި އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

HajjCop_ads
Advertisement

ފީފާގެ ރައީސް އެ ޖަމްއިއްޔާގެ މެންބަރު ޤައުމުތަކަށް ފޮނުވާފައިވާ ސިޓީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ދަނީ ދައުރުކުރަމުންނެވެ. އެ ސިޓީގައި ބުނެފައިވަނީ ބުނެފައިވާ ގޮތުން އަންނަ ސެޕްޓެމްބަރ މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކަމަށް ތާއިދުކުރާ ފަރާތްތަކަށް 20 މިލިއަން އެމެރިކާ ޑޮލަރު އެޑްވާންސްގެ ގޮތުގައި ލިބޭނެކަމަށެވެ. އެޖަމްއިއްޔާއިން މިހާތަނަށް ކުރަމުންދިޔަ މަސައްކަތްތައް ކަމަށްވާ ފުޓްބޯޅަ ހިންގުމާއި، މުބާރާތްތައް ރޭވުމާއި، މެޗުތަކުގެ ކަލަންޑަރާއި އަދި ކުޅިވަރާއި ގުޅުންހުރި ހުރިހާ ނިންމުންތަކެއް ނިންމުމުގެ ބާރު ކުރިއަށް އޮތްތާނގައިވެސް އޮންނާނީ އަލަށް އުފެއްދުމަށް މަސައްކަތް ކުރާ އެޖަމްއިއްޔާގެ އަތުގައެވެ. ނަމަވެސް މިކަމާ ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ, ޔޫއެފާ އިން ވަނީ ތެދުވެ އެކަމާއި ދެކޮޅަށް މަސައްކަތް ފަށާފައެވެ. އެގޮތުން ޔޫއެފާ އިން ބުނެފައިވަނީ މިހުށަހެޅުމާއެކު ފީފާއިން މިވަނީ ފުޓްބޯޅަ ހިންގާ އެއްވެސް އިދާރާއަކުން ހުރަސް ކުރަން ނުޖެހޭ ރޮނގެން ހުރަސްކޮށްފައެވެ.

ޔުއޭފާއިން ބުނެފައިވަނީ އެއިދާރާއިން އަންނަނީ މިކަން ވަރަށް ސީރިއަސްކޮށް ބަލަމުން ކަމަށެވެ. އަދި ފީފާގެ މެންބަރު ހުރިހާ އެސޯސިއޭޝަންތަކުންވެސް މިކަމާ މެދު ސަމާލުވާން ޖެހޭކަމަށާއި ލީގުތަކާއި ކްލަބް ތަކާއި ކުޅުންތެރިންނާއި ސަޕޯޓަރުންނާއި ސަރުކާރުތަކާއި އަދި ކުޅިވަރުގެ ކުރިމަގަށް ހެޔޮއެދޭ އެންމެންވެސް ވިސްނަން ޖެހޭނެކަމަށް ޔުއެފާއިން ބުންޏެވެ.

ފުޓްބޯޅައިގެ ރޫހާއި ހިންގުމަކީ ވިޔަފާރިކުރެވޭނެ އެއްޗެއް ނޫންކަމަށް ޔުއެފާއިން ބުންޏެވެ.

ލީކުވެފައިވާ މި ސިޓީގައި ބުނެފައިވާ ގޮތުން މިކަމަށް އެއްބަސްވާ މެމްބަރު އެސޯސިއޭޝަން ތަކަށް 20 މިލިއަން އެމެރިކާ ޑޮލަރު އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން ލިބޭނެކަމަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2c9dcb20 97a6 11f1 b9b1 c18c7ed25243

އިންފަންޓީނޯއަށް ކުރި ތާޢީދު ނިއުޒީލެންޑުން އަނބުރާ ގެންގޮސްފި

2026 07 19T231127Z 612203009 UP1EM7J1SF1LV RTRMADP 3 SOCCER WORLDCUP ESP ARG

އެންމެފަހުން އިންފަންޓީނޯގެ ދިފާޢުގައި ޓްރަމްޕު ތެދުވެއްޖެ

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް: ހއ.އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ އަށް

CONMEBOL UEFA CONCACAF Infantino

ގިނަ ޤައުމުތަކުގެ ތާއީދު ގެއްލުމުން ތާއީދު ހޯދަން އިންފަންޓީނޯ ދެކުނު އެމެރިކާގެ ޤައުމުތަކަށް!