ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ހަލާކުވި މައްސަލައިގައި ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމައިފި

police
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 30،000 ޑޮލަރު ހަލާކުވި މައްސަލައަކާ ގުޅިގެން، އެކަމުގައި އިހުމާލުވި ކަމަށް ތުހުމަތުކުރެވޭ ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާދީފިއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާތަކެއް ހަލާކުވި މައްސަލައެކެވެ. މި ފައިސާތައް ހުރީ ފުލުހުންގެ ފައިނޭންސް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައެވެ. މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 13 ވަނަ ދުވަހު ފައިސާތައް ހުރި ކޮތަޅެއްގެ ތެރެއިން ބައެއް ފައިސާ ހަލާކުވެފައި ހުރިކަން ފާހަގަވުމުން، ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ވަނީ އެކަން ތަހުގީގުކުރަން ފަށާފައެވެ.

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މި މައްސަލަ ތަހުގީގުކުރުމަށްފަހު، ފައިސާތަކާ ހަވާލުވެ ހުރި މުވައްޒަފުގެ އިހުމާލު އޮތްކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ބެލުމަށްފަހު، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން މި މަހުގެ ހަތް ވަނަ ދުވަހު ނިންމާފައިވަނީ އެ ފުލުސް މީހާ ވަޒީފާއިން ވަކިކުރުމަށެވެ. އަދި އިސްތިއުނާފު މަރުހަލާ ނިމެންދެން އެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑުކުރުމަށް ވެސް އެ ބޯޑުން ވަނީ ލަފާދީފައެވެ.

HajjCop_ads
Advertisement

ފައިސާ ހަލާކުވި ގޮތާއި އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފައިނުވެއެވެ. ވަޒީފާއިން ވަކިކުރަން ނިންމި ފުލުސް މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ވެސް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި