ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ފަތުރުވެރިކަމުގެ އަމާޒު ހާސިލުވާނެ ކަމުގެ ޔަގީންކަން އެބައޮތް: އަމީން

ameen
TTH_Ads
STO_Ads
Advertisement

ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވަޒީރު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމަށެވެ. ވަކިން ޚާއްސަކޮށް ވައިގެ ދަތުރުފަތުރުގެ މަގުތަކަށް އައި ބަދަލުތަކާއި، ތެލުގެ އަގު އުފުލުމުގެ ސަބަބުން ޔޫރަޕް ފަދަ މުހިންމު މާކެޓުތަކުން ރާއްޖެއަށް ފަތުރުވެރިން އައުމަށް ހުރަސްތަކެއް ކުރިމަތިވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެން މި މަސައްކަތް ކުރަމުންދަނީ މިކަންކަން މިޓިގޭޓްކޮށް (ގެއްލުން ކުޑަކޮށް) ވާނެ ގެއްލުން މުޅި އަހަރުގެ ނިސްބަތުން ވީހާވެސް ކުޑަކުރަން،” ވަޒީރު ވިދާޅުވިއެވެ.

HajjCop_ads
Advertisement

އޭނާ އިތުރަށް ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ރެކޯޑް އަދަދަކަށް ފަތުރުވެރިން އައި އަހަރަކަށް ވާއިރު، އެ އަދަދާ އެއްވަރުކުރެވުމަކީވެސް ސަރުކާރާއި ސިނާއަތުގެ ހިއްސާދާރުން ގުޅިގެން ކުރާ މަސައްކަތަށް ލިބޭނެ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.19 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، މި މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ދަށްވުން މިހާރު ވަނީ 1.4 އިންސައްތައަށް ކުޑަކުރެވިފައެވެ.

ވަޒީރު އަމީން ވިދާޅުވި ގޮތުގައި، އަހަރުގެ ބާކީ އޮތް ތިންވަނަ ކުއާޓަރާއި ހަތަރުވަނަ ކުއާޓަރުގެ ބުކިންތަކަށް ބަލާއިރު ކުރިމަގު ފެންނަނީ ވަރަށް އުންމީދީ ގޮތެއްގައެވެ. އަދި ސިނާއަތުގެ މާހިރުންގެ އަންދާޒާތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ޓާގެޓަށްވުރެ ދަށްނުވެ މިއަހަރު ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބޮޑެވެ.

“އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިދިޔަ އަހަރަކީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރު. އެ އަހަރަށްވުރެ ދަށްނުވެ ނުވަތަ އެއަހަރުގެ އެރައިވަލް ފިގާ ދަށްނުވެ، ނުވަތަ އެއާ އެއްވަރު ނަންބަރަށް ނިންމާލެވިއްޖެއްޔާމު އެއީ ވަރަށް ބޮޑު ކުރިއެރުމެއް. އޭގެން އަންގައިދެނީ، ސަރުކާރަށް އިންޑަސްޓްރީއާއި ހުރިހާ ސްޓޭކްހޯލްޑަރުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ.” އަމީން ވިދާޅުވިއެވެ.

މެދުއިރުމަތީގެ ބައެއް މާކެޓުތަކުން ފަތުރުވެރިން އަންނަ މިންވަރު މަދުވި ނަމަވެސް، ސަރުކާރުން މިހާރު ދަނީ މާކެޓިންގެ އައު އުކުޅުތައް ބޭނުންކޮށްގެން އެހެން ގައުމުތަކުން ފަތުރުވެރިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ ސަރުކާރުން ރާއްޖޭގެ އިގްތިސާދީ މައިނާރު ދެމެހެއްޓުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކެއްކަންވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

HP7LHusakAA3J U

ރަޝިޔާގެ އިތުރު އެއަރލައިންތައް ރާއްޖެ ގެނައުމަށް މަޝްވަރާކޮށްފި

Inocean infinity pool

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ތަންތަނުން ކުލި ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

Ameen

ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ޓޫރިޒަމް މިނިސްޓަރު ރަޝިޔާއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވަނީ

tourist arrival

ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި