ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިރާގުގެ އެކި ހިސާބުތަކުގައި ބޮންގޮއްވީ ޔޫކްރެއިންގެ ގްރޫޕްތަކުން: އިރާގު ސަރުކާރު

STO_Ads
Maldivian_Ads
TTH_Ads
Advertisement

އިރާގުގެ އެކި ހިސާބުތަކުގައި ހުރި ސަރުކާރުގެ އިމާރާތްތަކުގައި ބޮންގޮއްވީ ޔޫކްރެއިންގެ ގްރޫޕްތަކުން ކަމަށް އިރާގު ސަރުކާރުން ބުނެފިއެވެ.

އިރާގު ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ގާސިމް އަލް އަބްއޫދީ ވިދާޅުވީ، އިރާގު ތެރޭގައި ބޮންގޮއްވުމުގެ ޖަރީމާތައް ހިންގާފައިވަނީ ޔޫކްރެއިންގެ ޖާސޫސީ ސެލްތަކަކުން ކަމަށެވެ.

މި މައްސަލާގައި އިރާގުގެ ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވާ ބައެއް ގްރޫޕްތަކާއި، އަދި ވަކިވަކި ފަރުދުން އެކަމަށް އިއުތިރާފްވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  އެމީހުންނަކީ ޔޫކްރެއިން ސަރުކާރަށް މަސައްކަތް ކޮށްދޭ މީހުންކަމަށް އިއުތިރާފްވެފައިވާ ކަމަށެވެ.

HajjCop_ads
Advertisement

އިރާގުގެ ސަލާމަތީ ބާރުތަކުން އެއްކުރި މައުލޫމާތުތަކުން، ޔޫކްރެއިނަށް ނިސްބަތްވާ އެތައް ގްރޫޕެއް އިރާގުތެރޭގައި ބޮންގޮއްވުމުގެ ޖަރީމާތައް ހިންގުމުގައި ހަރަކާތްތެރިވާކަން ހާމަވެފައިވާ ކަމަށްވެސް، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ގާސިމް އަލް އަބްއޫދީ ވިދާޅުވިއެވެ.

ޔޫކްރެއިނަށް ނިސްބަތްވާ ގްރޫޕްތަކުން އިރާގުތެރޭގައި ސަރުކާރުގެ ތަންތަނުގައި ބޮން ގޮއްވުމަށްފަހު އެއީ އިރާގުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ގްރޫޕްތަކުން ހިންގާ އަމަލުތަކެއްގެގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. ޚާއްސަކޮށް އިރާގުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ގްރޫޕްތަކުން ކުރާ ކަމެއްގެގޮތުގައި ދައްކަން މަސައްކަތް ކޮށްފައި ވެއެވެ.

މިއީ، އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ގްރޫޕްތަކުގެ ބޮލުގައި ބަދުނާމުއަޅުވަން ސީދާ ޔޫކްރެއިނުން ރާވައިގެން އިރާގުތެރޭގައި ހިންގާ ޖަރީމާތަކެއްކަން ވަނީ ހާމަވެފައެވެ.

ޔޫކްރެއިންގެ ޖާސޫސީ ސެލްތަކުން އިރާގުތެރޭގައިބޮން ގޮއްވުމުގެ ޖަރީމާތަކެއް ހިންގާކަން ހާމަމިވީ، ކެސްޕިއަން ކަނޑުން ދަތުރުކުރި އީރާނުގެ ކޮމާޝަލް އުޅަނދަކަށް ޔޫކްރެއިން ސިފައިން ހަމަލާދިނުމާ ގުޅިގެން އެ މައްސަލަ ވަރަށް ހޫނުވެފައި ވަނިކޮށެވެ.

އީރާނުން ބުނަނީ، އީރާނުގެ އުޅަނދަށް ދިން ހަމަލާގައި އެކަކު މަރުވި ކަމަށާއި، އެ ހަމަލާގެ ރައްދު ޔޫކްރެއިނަށް ދޭނޭ ކަމަށެވެ.

އީރާނުގެ ފާޑުކިއުންތައް އަމާޒުވުމުން ޔޫކްރެއިންގެ ޒަޔަނިސްޓު ރައީސް ޒެލެންސްކީ ބުނެފައިވަނީ، އީރާނުގެ ބޯޓަށް ހަމަލާދިނީ، އީރާނުން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދީގެން ޔޫކްރެއިނަށް ހަމަލާދިނުމުގައި އީރާނު ބައިވެރިވާތީ ކަމަށެވެ.

އެހެން ނަމަވެސް، ޔޫކްރެއިންގެ ބޭނުމަކީ ހަނގުރާމަ ފުޅާކޮށް އީރާނު، އިތުރު ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމަށްކަން މަސްރަހް ދިރާސާކުރާފަރާތްތަކުން ބުނެއެވެ. އަދި މިކަމަކީ، ޒަޔަނިސްޓު ދައުލަތުން ބުނެގެން ކުރި ކަމެއް ކަމުގެ ތުހުމަތުވެސް ކުރެވިފައި ވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޮރްމޫޒާ ގުޅޭގޮތުން ގަލްފްގެ ގައުމުތަކާ އީރާނު ހޯމަދުވަހު ބައްދަލުކުރަނީ

ނިއުކްލިއަރ ސައިޓްތަކަށް އިންސްޕެކްޓަރުން ވަނަނުދޭ ކަމަށް ބުނެ އީރާނުގެ މައްސަލަ ސަލާމަތީ މަޖިލީހަށް ހުށަހަޅަން ފާސްކޮށްފި

އެމެރިކާއާއި އީރާނުން ކަނޑުމަތީގައި ބަދަލުކުރާ ހަމަލާތައް ވަރުގަދަވެ އުޅަނދުފަހަރަށް އިތުރަށް ނުރައްކާބޮޑުވެއްޖެ

އެމެރިކާގެ ސުލްހައިގެ އައު ހުށަހެޅުމެއް، އީރާނުން އަންގަނީ ކުރިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކުރުމަށް