ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޮރްމޫޒުގައި އެމެރިކާ ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުކުރެވުނު: އީރާން

އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އަބުލްފަޒްލް ޝެކާޗީ ވ
TTH_Ads
STO_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅީގައި އެމެރިކާއިން ހާސިލްކުރަން ބޭނުންވި އެއްވެސް ކަމެއް ހާސިލް ނުކުރެވުނު ކަމަށް އީރާނުން ބުނެފިއެވެ.

އީރާނު އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް އަބުލްފަޒްލް ޝެކާޗީ ވިދާޅުވީ، އެމެރިކާއަށް ހޮރްމޫޒަށް އަތްގަދަވެސް ނުކުރެވުނު ކަމަށާއި، އަދި އީރާނު ނިކަމެތިވެސް ކޮށްނުލެވުނު ކަމަށެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން މިއަދުވެސް ބުނެފައިވަނީ، އީރާނުގެ ހުއްދަނެތި ހޮރްމޫޒު ހުރަސްކުރަން އުޅުނު 6 އުޅަނދަކާ ދިމާއަށް އިންޒާރުގެ ބަޑިޖެހުމުން އަނބުރާ އައިކޮޅަށް ގޮސްފައިވާ ކަމަށެވެ. އެ އުޅަނދުތައް ހުއްޓުވީ އީރާނުން ކަނޑައަޅާފައިވާ މަގު ނޫން މަގަކުން ދަތުރުކުރާތީ ކަމަށްވެސް ބުނެފައި ވެއެވެ. އިއްޔެވެސް އީރާނުންވަނީ 4 އުޅަނދެއް ހުއްޓުވާފައެވެ.

HajjCop_ads
Advertisement

އީރާނުގެ ނިންމުމާ ޚިލާފަށް ހޮރްމޫޒްގައި ވަކި ރޫޓެއް ކަނޑައަޅައި، އުޅަނދުތައް ހުރަސްކުރަން އެމެރިކާއިން ކުރި މަސައްކަތްވެސް އީރާނުންވަނީ ނާކާމިޔާބު ކޮށްލާފައެވެ. އީރާނުން މިހާރުވަނީ އެމެރިކާއިން ކަނޑައެޅި ސަދަން ރޫޓުގައި ކަނޑުމައިންތައް އަޅާފައެވެ.

އީރާނުގެ ދައުލަތުގެ ޓީވީގައި ވާހަކަ ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް އަބުލްފަޒްލް ޝެކާޗީ ވިދާޅުވީ، ބާރުގެ ބޭނުންކޮށްގެން ހޮރްމޫޒު ހުޅުވަން އެމެރިކާއިން ކުރި މަސައްކަތް ނާކާމިޔާބުވެ ކުރިމަތިލާންޖެހުނީ ހަލަބޮލިކަމާއި، ދެކޮޅުވެރިކަމާ ކަމަށެވެ.

އީރާނުގެ ލަޝްކަރުތައް އޮތީ ހުރިހާ ހާލަތަކާ ކުރިމަތިލުމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ހަނގުރާމަ ހުއްޓާލަން އެހެންގޮތެއް ހޯދަން އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށް ބްރިގޭޑިއަރ ޖެނެރަލް އަބުލްފަޒްލް ޝެކާޗީ ވިދާޅުވިއެވެ. އެކަމަކު، އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިން ވޮޝިންޓަން ވަކިވެވެންއޮތީ “ޒަޔަނިސްޓުންގެ ހުއްދަ ލިބިގެން” ކަމަށްވެސް ވިދާޅުވިއެވެ.

ހޮރްމޫޒުގެ މައްސަލާގައި ދެ ހަފްތާވަންދެން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތައްދީ ބޮޑެތި ގެއްލުންތައް ދިނުމަށްފަހު އެމެރިކާ ސިފައިން އިއްޔެރެއިން ފެށިގެންވަނީ ހަމަލާތައް ހުއްޓާލާފައެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ އީރާނާ ވާހަކަ ދައްކަމުންގެންދާ ކަމަށެވެ.

އެހެން ނަމަވެސް، އެމެރިކާގެ މީޑިއާ ވަސީލަތްތަކުން މިހާރު ބުނަމުންދަނީ، އެމެރިކާ ސިފައިން އީރާނަށް ދެމުންގެންދިޔަ ވައިގެ ހަމަލާތައް ހުއްޓާލީ އެކަމަށް ބޭނުންވާ މިސައިލާއި އެހެންވެސް ހަތިޔާރު މަދުވުމުގެ ސަބަބުން ކަމަށެވެ.

 

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި

ހޮރްމޫޒާ ގުޅޭގޮތުން އީރާނާއި އުމާން އެއްބަސްވުމަކަށް، ހޮރްމޫޒު ވަގުތުން ނުހުޅުވާނެ