ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަތުރުވެރިކަމުގެ ބާނީ ހުސައިން އަފީފަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތް އަރުވައިފި

TTH_Ads
STO_Ads
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ ހުސައިން އަފީފަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.އ.އ.ވ.) އަރުވައިފިއެވެ.

ހުސައިން އަފީފަކީ ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތައާރުފުކުރެއްވި ބާނީންގެ ތެރެއިން އެއް ބޭފުޅެކެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ގެންނެވުމުގެ މަސައްކަތް ފެށްޓެވިއިރު ރިޒޯޓުގެ ބަދިގެއާއި ޓުއަރ ގުރޫޕްތަކާއި މެނޭޖްމަންޓުގެ ތެރޭގައި ހުދު އަފީފް އަމަލީ ގޮތުން މަސައްކަތް ކުރައްވައި ހޮސްޕިޓޭލިޓީ ދާއިރާގައި ވަކި ފެންވަރެއް ހިފެހެއްޓެވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ.

ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުންކޮށްގެން 2014 ވަނަ އަހަރު ފަހުކޮޅު މާލެއަތޮޅު ގަސްފިނޮޅުގައި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު ހުޅުއްވައި ހިދުމަތް ފެށްޓެވުމަކީ އެ މަނިކުފާނު ފަތުރުވެރިކަމުގެ ދާއިރާއަށް ގެނެސްދެއްވި އިންގިލާބީ ބަދަލެކެވެ. ހަމައެއާއެކު ޔޫރަޕާއި ބައިނަލްއަގުވާމީ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރެއްވުމުގައި ވެސް އަފީފް ބޮޑު ދައުރެއް އަދާކުރެއްވިއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވި ފައުންޑިންގ މެންބަރެއްގެ ހައިސިއްޔަތުން އެ ޖަމިއްޔާގެ ވައިސް ޗެއަރމަންކަމާއި ޗެއަރމަންކަން ފުރުއްވައި މިހާރު ވެސް ޗެއަރމަންގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވައެވެ.

HajjCop_ads
Advertisement

ފަތުރުވެރިކަމުގެ އިތުރުން އެ މަނިކުފާނު ވަނީ އޭވިއޭޝަނާއި ބޭންކިންއާއި ސިއްހީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް ވެސް ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރެއްވުމުގައި ބޮޑު ހިއްސާއެއް އަދާކުރެއްވިއިރު 210 އެނދުގެ ޓާޝަރީ ލެވެލްގެ ޓްރީ ޓޮޕް ހޮސްޕިޓަލް ގާއިމުކުރެއްވުމުގައި ވެސް އަފީފް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހޮސްޕިޓަލް ހުޅުވުމާ ގުޅިގެން ކުރިން ރާއްޖެއިން ނުލިބުނު ފެންވަރުގެ ސިއްހީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވެން ފެށުނެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ފުރަތަމަ ފަރޓިލިޓީ ކްލިނިކް ވެސް ތައާރުފުކުރި ތަނެވެ.

އަފީފުގެ ބައްޕަ އަލިފުޅު ތުއްތުގެ ނަންފުޅަށް ނިސްބަތްކުރައްވައި އުފެއްދެވި އަލިފުޅު ތުއްތު ފައުންޑޭޝަން (އޭ.އެފް.ޓީ.އެފް) މެދުވެރިކޮށް ތައުލީމީ ދާއިރާއަށާއި މުޖުތަމައަށް ފައިދާ ކުރަނިވި ގިނަ މަޝްރޫއުތަކެއް ހިންގެވިއެވެ. ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރެއްވުމުގެ އިތުރުން ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގައި ވެސް ބައިވެރިވެވަޑައިގެން އެ ބޭންކުގެ ބޯޑު ޗެއަރމަންކަން ފުރުއްވައެވެ.

ފަތުރުވެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1989 ވަނަ އަހަރާއި ޝަރަފުވެރިކަމުގެ އިނާމު 2004 ވަނަ އަހަރު އަފީފަށް ލިބިވަޑައިގެންފައިވެއެވެ. 16 ސެޕްޓެމްބަރު 2010 ގައި “ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިޔާ”ގެ ލަގަބު ސަރުކާރުން އެރުވިއިރު ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތް އެ މަނިކުފާނަށް އެރުވީ 26 ޖުލައި 2013 ގައެވެ. މިއަދު ލިބިވަޑައިގެންނެވި ނިޝާން އިއްޒުއްދީނުގެ އިއްޒަތާ އެކު އަފީފަށް ވަނީ ދައުލަތުން ދެވޭ އެންމެ މަތީ ފެންވަރުގެ ޝަރަފުތައް ލިބިވަޑައިގެންފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
HajjCop_ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޑޮކްޓަރ މުޙައްމަދު ލަޠީފަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން އަރުވައިފި

raeees muiz

އޯ.އައި.ސީ 50 އަހަރު ފުރުން، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން: ރައީސް

raees muiz

ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް

Img md 202607260716531785032213.5358

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވައިފި