ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަޢުދި ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ރައީސް

TTH_Ads
STO_Ads
Maldivian_Ads
Advertisement

ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ސަޢުދީ އަރަބިއްޔާއަކީ މުހިންމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ 96ވަނަ ޤައުމީ ދުވާހާ ގުޅުވައިގެން ފޮނުއްވެވި ތަޙުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ސަޢުދީޢަރަބިއްޔާގެ ޤައުމީ ދުވަހުގެ ތަހުނިޔާ މާތްވެގެންވާ ދެ ހަރަމްފުޅުގެ ޚާދިމް އަދި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްއަޒީޒް އަލް ސައުދަށާއި ޝާހީ އާއިލާ އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންނަށް ފޮނުއްވާ ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖެއާއި ސައުދީއާ ދެމެދު އޮތީ އެތަށް ސަތޭކަ އަހަރުވީ ގުޅުމެއްކަމަށާއި އެއީ ދެ ޤައުމުގެ އިސްލާމީ ވަހުދަތާ ގުޅިލާމެހިފަވާ ގުޅުމެއްކަމަށެވެ. ސައުދީން ރާއްޖެއަށް ވެދެމުންދާ އެންމެހާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. ޚާއްސަކޮށް އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ސައުދީން ވެދެއްވާ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގުޅުން ދަމަހައްޓާ، އަދި ދެ ޤައުމުގެ ރަޙުމަތްތެރިކަމާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސައުދީ އަރަބިއްޔާއަށް ހަމަޖެހުމާއި ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

ސައުދި ޢަރަބިއްޔާއަކީ ޒަމާނުއްސުރެ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ، އަދި އެކި ރޮނގުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމެކެވެ. ޚާއްޞަކޮށް ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަކުރުމުގައި ދޭ ފުރުޞަތުތަކާއި، ދީނީ ދާއިރާތަކުން އުނގެނި ހޭލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިންވެސް ބޮޑެތި އެހީތެރިކަން އަންނަނީ ދެމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz cabinet 2026

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ މުޢާހަދާގެ ޕްރޮޓޮކޯލްގައި ރާއްޖޭން ބައިވެރިވަނީ

ނޭޕާލުގެ ޤާނޫނުއަސާސީގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

muiz

ސުކޫކު އެއްކޮށް ދައްކަން ނިންމެވި ސަބަބަކީ، ދަރަނިން ސަލާމަތްވުމާއި، ހަރުމުދާތައް ރަހުނުން ސަލާމަތްކުރުން: ރައީސް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް