ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަޢޫދީީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ ޚާއްސަ ޙަފްލާ ރައީސް ޝަރަފުވެރިކޮށް ދެއްވައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ސަޢޫދީީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހާއި ގުޅިގެން ދިވެހިރާއްޖޭގައި ހުންނަ އެ ޤައުމުގެ އެމްބަސީން އިންތިޒާމުކުރި ޚާއްސަ ޙަފްލާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ޝަރަފުވެރިކޮށް ދެއްވައިފި އެވެ.

މިރޭގެ ހަފްލާ އޮތީ ކުރުނބާ މޯލްޑިވްސް ގަ އެވެ. ސަޢޫދީީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހާއި ގުޅިގެން ބޭއްވި މި ޙަފްލާގެ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރުނބާ މޯލްޑިވްސްއަށް ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވީ ސަޢުދީއަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ އެވެ.

މިރޭގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ސަޢޫދީީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ ތަޙުނިޔާ އެ ޤައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާއި ޝާހީ އާއިލާއާ، ސަރުކާރާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނަށް ފޮނުއްވާފައިވެ އެވެ.

HajjCop_ads
Advertisement

އަދި ދެ ޤައުމުގެ ގުޅުމުގެ މުހިންމު ކަން ފާހަގަ ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ ތަރައްޤީގައި ސަޢުދީގެ ހިއްސާ ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވި އެވެ.

މިރޭގެ ޙަފްލާގައި “އަ ޕާޓްނަރޝިޕް ފޮރ ދަ ފިއުޗަރ” މި ނަމުގައި ވަނީ ޚާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފަ އެވެ. އަދި ސަޢޫދީީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ކޭކު ފެޅުން އޮތެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

455723 29c13b51 8

48 އަހަރުތެރޭގައި ސަޢުދީން ރާއްޖޭގެ ތަރައްޤީއަށް 488 މިލިއަން ޑޮލަރު!

ސަޢުދި ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ރައީސް

muiz cabinet 2026

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ މުޢާހަދާގެ ޕްރޮޓޮކޯލްގައި ރާއްޖޭން ބައިވެރިވަނީ

ނޭޕާލުގެ ޤާނޫނުއަސާސީގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި