މެދުވެރިއެއްގެ ޒަރީއާއިން އެމެރިކާއާއި އީރާނާ ދެމެދު މެސެޖް ބަދަލު ކުރެވެމުންދާކަން އީރާނުން ކަށަވަރު ކޮށްދީފިއެވެ.
އެކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންދަނީ ކޮން ފަރާތަކުން ކަމެއް އީރާނުން ހާމައެއް ނުކުރެއެވެ.
ގަތަރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި އައު ހުށަހެޅުމަށާއި، އަދި އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީ ތެހެރާނަށް ވަޑައިގެން ހުށަހެޅުއްވި ހުށަހެޅުއްވުމާވެސް އީރާނުންވަނީ ދެކޮޅު ހަދާފައެވެ.

ދެފަރާތުގެ ދެމެދުގައި މެސެޖް ބަދަލުކޮށް މެސެޖްގެ ޒަރީއާއިން ވާހަކަ ދެކެވެމުންދާ ކަމަށް އީރާނުން ކަށަވަރުކޮށްދިންއިރު، އީރާނާއި އެމެރިކާއާ ދެމެދު ވާހަކަތައް ކުރިއަށްދާކަން އެމެރިކާގެ ރައީސް ޓްރަމްޕް އިއްޔެގައި ހާމަކޮށްފައި ވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި އީރާނަށް ހުށަހެޅިފައިވާ ޕްރޮޕޯޒަލްތައް އީރާނުން މިހާރު ގެންދަނީ ދިރާސާކުރަމުންނެވެ. އެއްވެސް ހުށަހެޅުމަކަށް އީރާނުން ޖަވާބެއް ނުދެއެވެ.
އެމެރިކާއާއެކު މީގެކުރިން އެއްބަސްވުންތައް ހަދައިގެން އީރާނަށް މުޅިން ލިބިފައިވަނީ ލަނޑެވެ. ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން އުވާލައި އެމެރިކާއިން އީރާނަށް ވައިގެ ހަމަލާތައް ދޭން ފެށީއެވެ. އީރާނާއި އެމެރިކާއިން ސޮއިކުރި އެމްއޯޔޫވެސް އެމެރިކާގެ ރައީސް އުވާލީއެވެ.
މިކަން ކަމާހެދި އީރާނުން އެމެރިކާއަކަށް އެއްވެސް ވަރަކަށް އިތުބާރެއް ނުކުރެއެވެ.
ވޭތުވެދިޔަ ދެ ހަފްތާމަތިން އެމެރިކާ ސިފައިން އީރާނުގެ ރަށްތަކަށް ކޮންމެ ރެއަކުން ބޮން އަޅަމުންގޮސް، ރޭގައި ވައިގެ ހަމަލާތަކެއް ނުދެއެވެ. ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާގެ ރައީސްވެސް އަދި އެމެރިކާގެ ސެންޓްރަލް ކޮމާންޑުންވެސް އަދި އެއްޗެއް ނުބުނެއެވެ.
ބައެއް ރިޕޯޓްތައް ބުނަނީ، އެމެރިކާއިން އީރާނަށް ދެމުންގެންދިޔަ ވައިގެ ހަމަލާތައް މެދުކަނޑާލީ، އީރާނުގެ ރައްދު ވަރަށް ވަރުގަދަވެ، އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ ތަންތަނަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް ވަގުތު ހޯދުމުގެގޮތުން ކަމަށެވެ.









ކިޔުންތެރިންގެ ހިޔާލު