ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބުލީކުރުމާ ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާ ދަނީ ހޯދަމުން: ރައީސް

DSC 7673 (1)
Maldivian_Ads
TTH_Ads
STO_Ads
Advertisement

ބުލީ ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް އެކުލަވާލާ “އެންޓި ބުލީ ޤާނޫނު”އަށް ބޭރުގެ ލަފާ ހޯދަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕަލްސް ފޮޑްކާސްޓް ސީރީޒްގެ 5ވަނަ އެޕިސޯޓުގައި ވާހަކަފުޅު ރައީސް ވިދާޅުވީ ބުލީ ކުރުމާއި ދެކޮޅަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތަކެއް އަޅަން ކުރެވެންހުރި ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށާއި، އެންޓިބުލީން ޤާނޫނަކީ އޭގެތެރޭގައި ހިމެނޭ މަސއްކަތެއް ކަމަށެވެ. އަދި އެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ބުލީކުރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަންނީ މީހުންނާއި، ސްޓޭކް ހޯލްޑަރުންގެ މަޝްވަރާގެ މަތިންކަމަށް ރައީސް ވިދާޅުވިއެވެ.

ނަފްސާނީ ދުޅަހެޔޮކަން ހަރުދަނާ ކުރުމަށާއި، ނަފްސާނީ ފަރުވާ ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިނަކީ، ފަރުވާގެ ނިޒާމް އާއްމުންނަށް ބަރޯސާވެވޭފަދަ ނިޒާމަކަށް ހެދުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

HajjCop_ads
Advertisement

ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާގެ އިންތިޒާމުތައް އާސަންދަ މެދުވެރިކޮށް ހަމަޖެހުމަކީ، އެފަދަ ހާލަތްތައް ތަހައްމަލު ކުރާ މީހުންނަށް ލިބުނު ލުޔެއްކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ހޮސްޕިޓަލުތަކުން ލިބޭ ނަފްސާނީ ފަރުވާގެ ޚިދުމަތްތައް ފުޅާކުރުމާއި، އައު މެންޓަލް ހެލްތު ފެސިލިޓީއެއްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

އެންޓިބުލީގެ ޤާނޫނަކީ، ބުލީގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމެއްކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެންޓި ބުލީގެ ޤާނޫނު އެކުލަވާލުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

473629 58b3876e 8

ޗައިނާއާއި ރާއްޖޭގެ ރަޙްމަތްތެރިކަމަކީ ކުރިމަގަށް އެޅިގެންދާ ބްރިޖްތަކެއް: ރައީސް

saudi - muiz

އިގުތިސޯދީ އޮނިގަނޑަށް ގެންނަން ބަދަލުގައި ސައުދީގެ ހިއްސާ އިތުރުކުރުމަށް އޮތީ ތައްޔާރަށް: ރައީސް

ސަޢޫދީީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ ޚާއްސަ ޙަފްލާ ރައީސް ޝަރަފުވެރިކޮށް ދެއްވައިފި

ސަޢުދި ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ރައީސް