ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާ ވާހަކަ ދައްކަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް އަނެއްކާވެސް ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
STO_Ads
TTH_Ads
Maldivian_Ads
Advertisement

އީރާނާ ވާހަކަ ދައްކަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ބުނެފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން އެމެރިކާގެ ރައީސް ބުނީ، އެމެރިކާއިން އީރާނާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި، ވާހަކަތަކުގައި އީރާނު ވަރަށް ސީރިއަސް ކަމަށެވެ.

ހަމަ އެނޭވާގައި އެމެރިކާގެ ރައީސް ބުނީ، އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން އެމެރިކާ އޮތީ ފުރިހަމަ ތައްޔާރީގައި ކަމަށެވެ.

HajjCop_ads
Advertisement

ނޫސްވެރިން ޓްރަމްޕާ ސުވާލުކުރީ، އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް އަނެއްކާވެސް ހަނގުރާމަ ފަށަން ޓްރަމްޕް ދީފައިވާ އިންޒާރާ ގުޅޭގޮތުންނެވެ.

ޓްރަމްޕް ބުނީ، އީރާނާ ވާހަކަ ދައްކަމުން ގެންދާތީ، އޭނާ އިންޒާރު ކުރިގޮތަށް އީރާނަށް ހަމަލާދޭން ނުޖެހިދާނޭ ކަމަށެވެ. އެއީ، އެއްބަސްވުމެއް ހެދުމަށް އީރާނުން ވަރަށް ބޮޑަށް ބޭނުންވެގެން އުޅޭތީ ކަމަށްވެސް އެމެރިކާގެ ރައީސް ބުނެފައި ވެއެވެ.

އެމެރިކާގެ ފަރާތުން އީރާނާ ވާހަކަ ދައްކަނީ ކޮންބައެއްތޯ ސުވާލު ކުރުމުން ޓްރަމްޕް ބުނީ، ނައިބް ރައީސް ޖޭޑީ ވޭންސްއާއި، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އެމެރިކާގެ ރައީސް މިހެން ބުނިނަމަވެސް، އީރާނުން ތަކުރާރުކޮށް ބުނެފައިވަނީ، އެމެރިކާއިން އީރާނުގެ ރަށްތަކަށް ވައިގެ ހަމަލާތައް ދެމުންގެންދާތީ، އެމެރިކާއާ އެއްވެސް ވާހަކައެއް ނުދައްކާނޭ ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާއި އަދި އީރާނާއި އެމެރިކާއިން ސޮއިކުރި އެމްއޯޔޫ އުވާލީވެސް އެމެރިކާގެ ރައީސެވެ.

ގަތަރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި އައު ހުށަހެޅުމަށްވެސް އީރާނުވަނީ ނޫނެކޭ ބުނެފައެވެ. އިރާގުގެ ބޮޑުވަޒީރު އަލީ އަލް ޒައިދީ މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމާވެސް އީރާނުވަނީ ދެކޮޅު ހަދާފައެވެ.

އީރާނާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް ފެށުމަށް އިންޒާރު ކުރުމަށްފަހު، އީރާނާ ވާހަކަ ދައްކަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް މި ހާމަކުރީ، ސަރަހައްދުގައި ހުރި އެމެރިކާގެ އެއްވެސް ތަނެއް އީރާނުގެ ރައްދު ހަމަލާތަކުން ސަލާމަތް ނުވާނޭ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރުތަކެއް ކޮށްފައި ވަނިކޮށެވެ. އީރާނުގެ ރައްދު ހަމަލާތައް އަމާޒުކުރާނޭ ތަންތަނުގެ ލިސްޓެއްވެސް އީރާނުގެ އިންގިލާބީ ލަޝްކަރުން ހާމަކޮށްފައި ވަނިކޮށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި