ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުލުސްދޫގައި އިސްރަށްވެހިންގެ ހިޔާވަހި އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

Image 43
STO_Ads
TTH_Ads
Advertisement

ކ. ތުލުސްދޫގައި “އިސްރަށްވެހިންގެ ހިޔާވަހި” މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހީމް އިސްމާއީލެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.

މި މަޝްރޫއުގެ ދަށުން ތުލުސްދޫގައި ގާއިމުކުރާ މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ސިއްހީ ފަރުވާއާއި އިޖުތިމާއީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތައް ހިމެނޭހެން ބިނާކުރާ 100 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. މީގެ އިތުރުން، މި ތަނުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއި، މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް އަދި ލައިބްރަރީ ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި، މި މަރުކަޒުތަކުގެ މައިގަނޑު މަގުސަދަކީ އިސްރަށްވެހިންގެ ތެރެއިން އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމާއި، ސިއްހީ ފަރުވާ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. ރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ “އޭޖްޑް ކެއަ ސެންޓަރު” ތަކެއް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img lg 202607231155341784832934.7552

އެމްޓީސީސީން ޔަންމާ މެރިން އިންޖީނު ސޭލްސް ވޯކްޝޮޕެއް ބާއްވައިފި

ބޮޑުތަކުރުފާނު މަގު ޒީނަތްތެރިކުރަން ދިވެހި ރުއް އިންދަން ފަށައިފި

ތުލުސްދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

Io

މެއިންޓަނަންސް މަސައްކަތެއް ކުރާތީ، އާރްޓީއެލްގެ ކުރީގެ ދަތުރުތަކުގެ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބިދާނެ: އެމްޓީސީސީން