ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ހޮސްޕިޓަލުގައި މިމަހު ގޮހޮރާއި ނާރުގެ ބަލިތަކަށް ފަރުވާދޭން ފަށަނީ

hulhumale hospital
Maldivian_Ads
TTH_Ads
STO_Ads
Advertisement

މިއަހަރުގެ މިނިވަން ދުވަހުގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ގެސްޓްރޯއެންޓޮލޮޖީއާއި ނިއުރޮލޮޖީ އަދި ޔޫރޮލޮޖީ ނެފްރޮލޮޖީގެ ޚިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހާމަކޮށްފިއެވެ.

އެމްސީޖީއެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ޖުލައި 26 ގެ ކުރިން އެ ޚިދުމަތްތައް ދޭން ފެށޭނެ ކަމަށެވެ.

ގޮހޮރާއި މައިދާގެ ބަލިތަކަށް ޚާއްޞަ އޯޕީޑީ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމާ ގުޅިގެން ކަމަށް ޙަލީމް ވިދާޅުވިއެވެ. މި ޚިދުމަތް ހުޅުމާލެ ހޮސްޕިޓަލުން ލިބެން ފެށުމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ފަރުވާ ހޯދަން މާލެ ދާންޖެހޭ ޖެހުމަށް ލުޔެއް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

HajjCop_ads
Advertisement

ހަމައެއާ އެކު ކުރިން ހުޅުމާލެ ހޮސްޕިޓަލުން ނުލިބޭ ޔޫރޮލޮޖީ ނެފްރޮލޮޖީގެ ޚިދުމަތް ވެސް މި ޖުލައިމަސް ނިމުމުގެ ކުރިން ފެށުމަށް ނިންމާފައިވާ ކަމަށް ޙަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ގްލޮކޯމާ ދެނެގަތުމަށް ބޭނުންވާ ޑައިގްނޯސްޓިކް ޓެސްޓުތަކާއި ގްލޮކޯމާ ސާޖަރީތައް ފެށުމަށް ވެސް ތައްޔާރީތައް ވަމުންދާ ކަމަށާއި ކެންސަރާއި އޮންކޮލޮޖީގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެއަކީ މިހާރު އެންމެ ބާރު ދުވެއްޔެއްގައި އާބާދީ ބޮޑުވަމުން އަންނަ ސިޓީ ކަމަށްވާ އިރު ރައްޔިތުންނަށް ރަނގަޅު ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއް ކަމުގައި ފާހަގަކޮށްފައިވަނީ ޖާގައިގެ ދަތިކަމެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale hospital

ހުޅުމާލެ ހޮސްޕިޓަލަށް 15 ނަރުހުން ހޯދަން އިއުލާނުކޮށްފި

F0f1bd44 7afd 4d3a 9944 7a9556296c06

ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ތިން ސްޕެޝަލިސްޓް ޚިދުމަތެއް ފަށައިފި

ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހާއްސަ ހަރަކާތްތަކެއް

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި