ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

10 ދުވަހަށް ހަމަލާތައް ހުއްޓާލަން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ
STO_Ads
TTH_Ads
Maldivian_Ads
Advertisement

10 ދުވަހަށް ހަމަލަތައް ހުއްޓާލަން ގަތަރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދެކޮޅު  ހަދައިފިއެވެ.

ގަތަރު މެދުވެރިވެގެން އެމެރިކާއިން ހުށަހެޅި ހުށަހެޅުމުގައި ވަނީ، 10 ދުވަހަށް ހަމަލާތައް ހުއްޓާލުމުގެ ބަދަލަށް، އުޅަނދުފަހަރު ހުރަސްކުރުމަށް އީރާނުން ހޮރްމޫޒު ކަނޑުއޮޅީގެ ދެމަގެއް ހުޅުވައިލުމަށެވެ. އެހެން ނަމަވެސް، އީރާނުގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ އިސް ބޭފުޅަކު ވިދާޅުވީ، އެއީކީ ވާނޭކަމެއް ނޫން ކަމަށެވެ.

އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ މިއަދު ވިދާޅުވީ، ހަމަލާތައް ހުއްޓާލަން، ބައިނަލްއަގްވާމީ މީޑިއޭޓަރުން މެދުވެރިކޮށް އީރާނަށް ވަރަށް ގިނަ ހުށަހެޅުންތައް ލިބިފައިވާ ކަމަށެވެ.

HajjCop_ads
Advertisement

އެ ހުށަހެޅުންތަކުގައި ހުރި ކަންކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް މިވަގުތު ހާމަކުރަން ބޭނުން ނުވާކަމަށް، ބަގާޔީ ވިދާޅުވިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއި، އެމްއޯޔޫ އުވާލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އީރާނަށް އިސްވެ ހަމަލާދޭން ފެށީވެސް އެމެރިކާއިންނެވެ.

އެމެރިކާއިން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ފުޅާކޮށް އީރާނުގެ މަދަނީ ތަންތަނަށްވެސް ހަމަލާދޭން ފެށުމާއެކު އީރާނުންވެސް މީގެ ދެދުވަސްކުރިންވަނީ އެމްއޯޔޫ ސަސްޕެންޑް ކުރިކަން އިއުލާން ކޮށްފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބް ކާޒިމް ޣަރީބްއަބަދީ ވިދާޅުވެފައިވަނީ، އެއްބަސްވުމާއި އަދި އެމްއޯޔޫއާ ފުރަތަމަ ޚިލާފްވީ އެމެރިކާއިން ކަމަށާއި، އެހެން ކަމުން އެމެރިކާއާ އެއްވެސް ހާލަތެއްގައި ދެން އެއްވެސް މަޝްވަރާއެއް ކުރުން ނިމުނީ ކަމަށެވެ.

އީރާނުގެ މިހާރުގެ މައިގަނޑު އަމާޒަކީ ގައުމު ދިފާއުކުރުން ކަމަށްވެސް ކާޒިމް ޣަރީބްއަބަދީ ވިދާޅުވެފައި ވެއެވެ.

ހަމަލާތައް ހުއްޓާލަން، އެހެން ގައުމުތައް މެދުވެރިކޮށް އެމެރިކާއިން އީރާނަށް ހުށަހެޅުންތައް ހުށަހަޅަމުން އަންނައިރު، އެމެރިކާ ސިފައިން އީރާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައްވެސް ގެންދަނީ ވަރުގަދަކޮށް ފުޅާކުރަމުންނެވެ. ރައްދުގައި އީރާނުންވެސް ގެންދަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމެރިކާ ސިފައިން ތިބޭ ތަންތަނަށް ހަމަލާތައްދީ ބޮޑެތި ގެއްލުންތައް ދެމުންނެވެ.

ޑިޕްލޮމަސީއަށް ފުރުސަތު އޮތްނަމަވެސް، އީރާނު ދިފާއުކުރަން ލަޝްކަރުތައް ތިބީ ތައްޔާރުގައި ކަމަށާއި، ފުރިހަމައަށް ހަނގުރާމައަކަށްވެސް ސިފައިން ތިބީ ތައްޔާރުގައި ކަމަށް، ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި