ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްއޯޔޫގެ ކަންތައް ނިމުނީ، އެމެރިކާއާ މަޝްވަރާކުރުމެއްވެސް ދެން ނޯންނާނެ: އީރާނު

އީރާނު ސަރުކާރުގެ ޚާރިޖިއްޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ޣަރީބްއަބަދީ
TTH_Ads
STO_Ads
Advertisement

ޕާކިސްތާން މެދުވެރިވެގެން އީރާނުން އެމެރިކާއާއެކު ސޮއިކުރި އެމްއޯޔޫ ރަސްމީގޮތުން ސަސްޕެންޑް ކޮށްފައިވާކަން އީރާނުން އިއުލާން ކޮށްފިއެވެ.

އީރާނު ސަރުކާރުގެ ޚާރިޖިއްޔާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ޣަރީބްއަބަދީ ވިދާޅުވީ، އެމްއޯޔޫގައި ކުރުމަށް އީރާނުން ވައުދުވި އެއްވެސްކަމެއް ދެން ނުކުރުމަށް އީރާނުން ނިންމާފައިވާ ކަމަށާއި، އޭގައި ހިމެނޭ އެއްވެސް ކަމެއް އީރާނުން ދެން ތަންފީޒުވެސް ނުކުރާނޭ ކަމަށެވެ.

ކާޒިމް ޣަރީބްއަބަދީ ވިދާޅުވީ، އެމްއޯޔޫގައި އެމެރިކާއިން ކުރުމަށް ކަނޑައެޅި ކަންކަމާއި ޚިލާފްވެ އެމްއޯޔޫ ފުރަތަމަ ސަސްޕެންޑްކުރީ އެމެރިކާއިން ކަމަށެވެ.

HajjCop_ads
Advertisement

އީރާނުގެ މިހާރުގެ މައިގަނޑު އަމާޒަކީ ގައުމު ދިފާއުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކާޒިމް ޣަރީބްއަބަދީ ވިދާޅުވީ، އީރާނުން ދެން އެއްވެސް ހާލެއްގައި އެމެރިކާއާ އެއްވެސް މަޝްވަރާއެއްވެސް ނުކުރާނޭ ކަމަށާއި، އެއްވެސް ވާހަކައެއްވެސް ނުދައްކާނޭ ކަމަށެވެ.

އެމްއޯޔޫގައި އެމެރިކާއިން ފުރިހަމަ ކުރުމަށް ކަނޑައެޅި ގިނަ ކަންކަން އެމެރިކާއަކަށް ފުރިހަމައެއް ނުކުރެވުނެވެ. އޭގެތެރޭގައި އިސްތިއުމާރީ ސިފައިން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓުވުން ހިމެނެއެވެ.

ނުވިތާކަށް، އީރާނަށް އިސްވެ އުދުވާނީ ހަމަލާތައް ދޭން ފެށީވެސް އެމެރިކާއިންނެވެ.

އީރާނުގެ ބަނދަރުތައް އަލުން ބްލޮކްކޮށް އެމެރިކާ ސިފައިން ގެންދަނީ އީރާނުގެ ދެކުނުގެ އެތައް ސިޓީއަކަށާއި، ހޮރްމޫޒު ކަނޑުއޮޅީގައި ހުރި އީރާނުގެ އެތައް ރަށަކަށް ވައިގެ ހަމަލާތައް ދެމުންނެވެ.

އީރާނުގެ ބްރިޖްތަކާއި، އިންޖީނުގެތަކާއި، ފެނުގެ ނިޒާމުތަކާއި، އެއަރޕޯޓްތަކާއި، ރޭލުމަގުތަކަށްވެސް އެމެރިކާ ސިފައިން މިހާރު ގެންދަނީ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.

އެމެރިކާ ސިފައިންގެ ހަމަލާތަކުގައި މި ޖުލައިމަހު އެކަނިވެސް މަރުވި އާންމުންގެ އަދަދު 41 އަށް އަރާފައި ވާއިރު، ޒަޚަމްވި މީހުންގެ އަދަދު 408 އަށް އަރާފައި ވެއެވެ. މަރުވި ސިފައިންގެ އަދަދެއް އީރާނުން ހާމައެއް ނުކުރެއެވެ.

އީރާނުގެ ދެކުނުގެ ރަށްތަކުގެ 10،000 އަށްވުރެ ގިނަ މީހުން މިހާރު ތިބީ ކަރަންޓާއި ފެނުގެ ޚިދުމަތުން މަހްރޫމް ވެފައެވެ.

އެމެރިކާ ސިފައިންގެ އުދުވާނުތަކަށް އީރާނުން ވަރުގަދަ ރައްދު ހަމަލާތައް ދެމުން ގެންދާއިރު، އީރާނަށް ހަމަލާދޭން ބޭނުންކުރާ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކާއި، ސިފައިން ތިބޭ ތަންތަނާއި އަދި ހަކަތައިގެ ސިނާއަތާ ގުޅުންހުރި ތަންތަނަށްވެސް އީރާނުން މިހާރު ރައްދު ހަމަލާތައް ދޭން ފަށާފައި ވެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުގެ 6 ބްރިޖަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެން އީރާނުން ވަރުގަދައަށް ބަދަލުހިފަނީ

އީރާނާއެކު އެއްބަސްވުމެއް ހެދިޔަނުދޭން، ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލުން ފަންޑުކުރި: އެމެރިކާގެ ނައިބް ރައީސް

އެމެރިކާއިން ރޭގައި ދިން ހަމަލާތަކުގައި ދެމީހުން މަރުވެ، 260 މީހުން ޒަޚަމްވި: އީރާން

އީރާނުގެ އާންމު ތަންތަނަށް އެމެރިކާ ސިފައިން ބޮންއަޅާފައި:

އެމެރިކާއާއި އީރާނުން މިރޭވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަނީ