ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފައިނަލާ ހަމައަށް އައީ ބަޔަކު ހޯދައިދިން ހަދިޔާއަކުން ނޫން: މެސީ

Argentinas-Lionel-Messi
TTH_Ads
STO_Ads
Advertisement

ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އާޖެންޓީނާއަށް ޚާއްސަ އިނާޔަތްތަކެއް ދޭކަމަށް ކުރާ ތުހުމަތުތަކަށް އެޓިމުގެ ކެޕްޓަން ލއޮނެލް މެސީ ރައްދު ދީފިއެވެ.

ފީފާއާ ދެކޮޅަށް ކުރާ އެންމެ ބޮޑު އެއް ތުހުމަތަކީ ވަކިކޮޅަކަށް ބުރަވެވެހެން ނިންމާ ނިންމުންތަކުގެ ތުހުމަތެވެ. އެގޮތުން އާޖެންޓީނާއާ ގުޅޭ ކަންކަމުގައި ވަކި އަތަކަށް ބުރަވެގެން ފީފާއިން ނިންމުންތައް ނިންމާކަމަށް ދަނީ ތުހުމަތުތައް ކުރަމުންނެވެ. މިގޮތުން ފުރަތަމަ ބުރުގައި އެ ޓީމު ކުޅުނު ގުރޫޕުގެ އިތުރުން ނޮކްއައުޓް ސްޓޭޖުގައި އާޖެންޓީނާއާ ކުޅެން ޖެހުނު މެޗުތަކާ ގުޅިގެން ގިނަބައެއް ފާޑުކިޔުންތައް އަމާޒުވިއެވެ.

އެގޮތުން ވޯލްޑުކަޕް މުބާރާތުގެ ގުރު ނެގިއިރު ފުރަތަމަ އާޖެންޓީނާގެ ނަންކޮޅު ހިމެނުނީ ގްރޫޕް “އައި” ގައި ކަމަށާއި އެހެންނަމަވެސް ބައެއް ކަންކަމަށް ރިއާޔަތްކުރުމަށްފަހު އާޖެންޓީނާ ގްރޫޕް ޖޭގައި ހިމަނާފައިވުމުން އެ ޓީމަށް މުބާރާތުގައި ޖެހުނީ މާ ފަސޭހަ މެޗުތަކެއް ކަމަށްބުނެވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އަދި މުބާރާތުގެ މީ ފައިނަލާ ޖެހެންދެން އާޖެންޓީނާއަށް، ރޭންކިންގައި ގަދަ ޓީމުތަކާ ދެކޮޅަށް ކުޅެން ނުޖެހޭކަމަށާއި، ފީފާއިން ގަސްތުގައި، އާޖެންޓީނާއަށް ފަސޭހަ މަގެއް ހޯދައިދިނީކަމުގެ ތުހުމަތުވެސް ދިޔައީ އަމާޒުވަމުންނެވެ.

HajjCop_ads
Advertisement

އެ ތުހުމަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން މެސީ ބުނީ އެފަދަ ފާޑުކިޔުންތަކަށް އޭނާގެ ޝައުގުވެރިކަމެއް ނެތްކަމަށެވެ. މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރީ ކުރި ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށް މެސީ ބުންޏެވެ. އަދި މިއީ ބަޔަކު ހިލޭ ދިން ފުރުސަތުތަކެއްގައި ހާސިލްކުރި ކަމެއް ނޫންވެސް އޭނާ ބުންޏެވެ.

އޭނާބުނީ އެވާހަކަ ދައްކާ މީހުންގެ އުފަލަށް އެވާހަކަ ދެއްކުން ދޫކޮށްލާކަމަށެވެ. މި މުބާރާތުގައި އާޖެންޓީނާއިން ދައްކަމުންދާ މޮޅު ކުޅުމާއި ނެރޭ ނަތީޖާތަކުގެ ސަބަބުން އެކަމާ ދެރަވާ ބަޔަކު ތިބިކަމަށްވެސް މެސީ ބުންޏެވެ. އެހެންނަމަވެސް މުބާރާތުގެ ފައިނަލާ ހަމައަށް އައި އެއްވެސް މީހަކު ހޯދައިދިން ފުރުސަތަކުން ނުވަތަ ދިން ހަދިޔާއަކުން ނޫންކަމަށްވެސް މެސީ ބުންޏެވެ.

އަހަރެން އުންމީދު ކުރަނީ މި ފައިނަލްގައި ވީއޭއާރް އަދި ރެފްރީންގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް.

މެސީ ބުންޏެވެ.

މުބާރާރުގެ ގަދަ 32 ޓީމުގެ ބުރުގައި އާޖެންޓީނާ ކުޅުނީ ކޭޕް ވާޑޭއާ ދެކޮޅަށެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ 2-3 އިންނެވެ. މުބާރާތުގެ ނޮކްއައުޓް ބުރުގައި ހުރިހާ މެޗަކުންވެސް އާޖެންޓީނާ މޮޅުވެފައި ވަނީ ވަރަށް އުނދަގުލުންކަން ފާހަގަކޮށްލެވެއެވެ.

ގަދަ 16 ބުރުގައި އާޖެންޓީނާއިން މިޞްރާ ދެކޮޅަށް ނުކުތްއިރު އެ މެޗުގައި މިޞްރުން ދެ ލަނޑު ޖަހާފައިވަނިކޮށް އާޖެންޓީނާއިން ވަނީ ފަހަތުން އަރާ ތިން ލަނޑު ޖަހައި މެޗުން މޮޅުވެފައެވެ. އަދި ކުއާޓަރ ފައިނަލުގައި ސްވިޒަލޭންޑާ ދެކޮޅަށް ކުޅެ 1-3 އިން އާޖެންޓީނާ މޮޅުވެފައިވާއިރު އެ މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ. މެޗުން އާޖެންޓީނާ މޮޅުވީ އިތުރުވަގުތުގެ ދެވަނަ ހާފުގައި ޖެހި ދެ ލަނޑުންނެވެ.

ސެމީ ފައިނަލުގައި އާޖެންޓީނާއިން އިންގްލޭންޑާ ދެކޮޅަށް ނުކުތްއިރު އެ މެޗުގައިވެސް އިންގްލެންޑުން ލީޑުގައި އޮވެ މެޗު ނިންމާލަން ދަނިކޮށް އާޖެންޓީނާ މި މެޗު ކާމިޔާބުކުރީ 90 މިނެޓުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ޖެހި ލަނޑަކާއި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ޖެހި ލަނޑަކާ އެކުއެވެ.

އާދީއްތަ ދުވަހުގެ ރޭ ފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.

 

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
HajjCop_ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

SME digital

އެސްއެމްއީ ޑިޖިޓަލް ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރަނީ

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

ސިންގަޕޫރުގެ ގައުމީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި