ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމާލެ މަޝްރޫއުން ދައުލަތަށް 11 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ: ޒަރީރު

DSC
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރަސްމާލޭގައި ތަރައްގީކުރާ “މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ” މަޝްރޫއުގެ 10 އަހަރުގެ މުއްދަތުގެ ތެރޭގައި ދައުލަތަށް 11 ބިލިއަން ޑޮލަރު (169 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް މާލީކަންކަމާއި ބެހޭ ވަޒީރު ހަސަން ޒަރީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެއެވެ.

މި މަޝްރޫއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރިއަލް އެސްޓޭޓް ކުންފުނި ކަމަށްވާ އީގަލް ހިލްސްއާ އެކު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްގެން ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. މި އެއްބަސްވުމުގެ ދަށުން 500 ހެކްޓަރުގެ ސަރަހައްދެއްގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް 10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވި ގޮތުގައި 10 އަހަރުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރާ 11 ބިލިއަން ޑޮލަރަކީ އަހަރަކު އެވްރެޖްކޮށް 1.1 ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއީ ރާއްޖޭގެ 179 ރިސޯޓާއި 16 ހޮޓަލާއި 920 ގެސްޓްހައުސްގެ އިތުރުން 165 ސަފާރީ އުޅަނދުން ދައުލަތަށް މިހާރު ލިބޭ ޖުމްލަ އާމްދަނީއަށްވުރެ ވެސް އިތުރު އަދަދެކެވެ.

HajjCop_ads
Advertisement

މި މަޝްރޫއުގެ ދަށުން ދިރިއުޅޭނެ ގެދޮރާއި ހޮޓާތަކާއި ރިސޯޓުތަކާއި މެރީނާގެ އިތުރުން ފިހާރަތަކާއި އޮފީސްތަކާއި ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ގާއިމުކުރުމަށް ވަނީ ޕްލޭންކޮށްފައެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ވަރުގަދަކޮށް، ރާއްޖޭގެ ދިގު ރާސްތާގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުމުގެ ދަށުން ކަނޑައެޅިފައިވާ ރޭޓުތަކުން ލިބޭ ޓީޖީއެސްޓީގެ އިތުރުން، ތަންތަން ފުރަތަމަ ފަހަރަށް ވިއްކައިގެންނާއި ކުއްޔަށް ދީގެން ޑިވެލޮޕަރަށް ލިބޭ އާމްދަނީގެ 10 އިންސައްތަ ދައުލަތަށް ލިބޭނެއެވެ. އަދި ފުރަތަމަ ފަހަރަށް ތަންތަން ގަންނަ ފަރާތްތަކުގެ އަތުން އެ ތަނެއްގެ އަގުގެ 4 އިންސައްތަ ދައުލަތަށް ދައްކަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން އެއްވެސް ކަހަލަ ޓެކްސް އިނާޔަތެއް ނުވަތަ ޑިއުޓީ މައާފުކޮށްދިނުމެއް ނުހިމެނޭނެއެވެ. އެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި މަޝްރޫއު ކުރިއަށްގެންދިއުމަށް ދައުލަތުން އެއްވެސް ލޯނެއް ނުނަގާނެ ކަމަށާއި ސޮވެރިން ގެރެންޓީއެއްވެސް ނުދޭނެ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ތަންތަން ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ބަހައްޓަންޖެހޭނީ ރާއްޖޭގައި ހުޅުވާފައިވާ އެސްކްރޯ އެކައުންޓެއްގައެވެ. އަދި ހުރިހާ ފައިސާގެ މުއާމަލާތެއް ހިންގަންޖެހޭނީ ދިވެހި ބޭންކުތައް މެދުވެރިކޮށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު ވަނީ ދިވެހިންގެ އިތުބާރު އެ ކުންފުންޏަށް އޮތްކަން ފާހަގަކުރައްވައި، ރާއްޖޭގެ އިގްތިސާދަށާއި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި މަޝްރޫއު އެއްކޮށް ނިމި 10 އަހަރުގެ ތެރޭގައި ފުރިހަމައަށް އޮޕަރޭޝަނަށް އަންނައިރު އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަންނާނެ ކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫއު ހިންގިޔަސް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަހެއް ނޯންނާނެ: އިހުސާން

Images (9)

ރަސްމާލެ: ހަމައެކަނި ބޯހިޔާވަހިކަމެއް ނޫން، ފުރުޞަތުތަކުގެ އައު ސަހަރެއް!

77

ރަސްމާލެ މަޝްރޫއުން އިސްރާއީލު މީހުންނަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ފިޔަވަޅު އަޅަނީ

supreme-court

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި