ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީގަލް ހިލްސްއިން ރާއްޖޭގައި އިންވެސްޓްކުރަނީ ޤާނޫނާ އެއްގޮތަށް، ބިމެއް ވިއްކާނުލާ: މާލީ ވަޒީރު

minister Zareer
Maldivian_Ads
STO_Ads
TTH_Ads
Advertisement

 

އަބޫދާބީގެ އީގަލް ހިލްސް ކުންފުނިން ރާއްޖޭގައި އިންވެސްޓްކުރަނީ ޤާނޫނުތަކާ އެއްގޮތަށް ކަމަށާއި ރާއްޖޭގެ އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ވިއްކާނުލާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރަސްމާލޭގައި މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ މަޝްރޫއުގެ ދަށުން އިންވެސްޓަރުންނަށް އެ ސަރަހައްދު ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައްކަމުންދާ ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

HajjCop_ads
Advertisement

ރަސްމާލޭގައި މި މަޝްރޫއު ހިންގުމަށް އީގަލް ހިލްސްއިން ވަނީ ވިހި ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ދިވެހި ސަރުކާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެހެންނަމަވެސް، މި އެއްބަސްވުމުގެ ދަށުން އިންވެސްޓްމަންޓުގެ ބަދަލުގައި ރަސްމާލޭގެ ބައެއް އެ ކުންފުންޏަށް ވިއްކާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ މީސްމީޑިއާގައި ތުހުމަތު ކުރަމުންނެވެ.

މިވާހަކަތަކާ ގުޅިގެން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ އީގަލް ހިލްސްއިން ރާއްޖޭގައި އިންވެސްޓް ކުރަނީ މިހާރުވެސް އިންވެސްޓްކޮށްގެން ހިންގާ މަޝްރޫއުތަކުގައި އިންވެސްޓްކުރެވޭ އުސޫލުން ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް މިހާރުވެސް ޤާނޫނުން ނުވަދިހަ ނުވަ އަހަރުގެ ލީޒް މުއްދަތަކަށް ރަށްތައް ދޫކުރާ ގޮތަށް، ރަސްމާލޭގެ މަޝްރޫއުވެސް ކުރިއަށްދާނީ އެ އުސޫލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން ދޫކުރާނީ ލީޒް އުސޫލުން ކަމަށާއި، އެފަދަ ތަންތަނުގެ ހަރުމުދަލުގެ މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ސަރުކާރުގެ ހައްގެއްގެ ގޮތުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއްވެސް ވިއްކާނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް ސަރުކާރުން އަބަދުވެސް އަމަލުކުރާނެ ކަމުގެ ޔަގީންކަން މާލީ ވަޒީރު ދެއްވިއެވެ. އަދި އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމުގައިވެސް ރާއްޖޭގެ ބިމެއްގެ މިލްކުވެރިކަން އެ ފަރާތަށް ލިބޭނެ ގޮތަށް ހިމަނާފައި ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އިންވެސްޓްމަންޓަށް ވާއިރު، މީގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިގްތިސާދަށް ގިނަ ފައިދާތަކެއް ލިބި، މުޅި މަޝްރޫއުގެ އެންމެ ބޮޑު މަންފާއެއް ކުރާނީ ދިވެހި ރައްޔިތުންނަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

ރަސްމާލޭގައި އީގަލް ހިލްސްއިން މަޝްރޫއު ހިންގިޔަސް ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަހެއް ނޯންނާނެ: އިހުސާން

Images (9)

ރަސްމާލެ: ހަމައެކަނި ބޯހިޔާވަހިކަމެއް ނޫން، ފުރުޞަތުތަކުގެ އައު ސަހަރެއް!

77

ރަސްމާލެ މަޝްރޫއުން އިސްރާއީލު މީހުންނަށް ޕްރޮޕަޓީ ނުގަނެވޭނެ ގޮތަށް ފިޔަވަޅު އަޅަނީ

supreme-court

ރަސްމާލެ މަޝްރޫއުގެ އެއްބަސްވުން ބާތިލުކުރުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި