ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއާއި އީރާނުން މިރޭވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަނީ

އީރާނުގެ އާންމު ތަންތަނަށް އެމެރިކާ ސިފައިން ބޮންއަޅާފައި:
Maldivian_Ads
TTH_Ads
STO_Ads
Advertisement

އެމެރިކާއާއި އީރާނުން މިރޭވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުން އެބަ ގެންދެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވަނީ ރޭގައެވެ.

އެމެރިކާގެ ރައީސް ބުނެފައިވަނީ، އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދޭއް ނުވަތަ ތިން ހަފްތާއަށް ދެމިގެންދާނޭ ކަމަށެވެ.

HajjCop_ads
Advertisement

ރެއިން ފެށިގެން އެމެރިކާ ސިފައިން އީރާނުގެ އައްސޭރިފަށުގެ އެކި ސިޓީތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައި ވާއިރު، އީރާނުގެ ގޭޝްމް އައިލެންޑާއި، ކީޝް އައިލެންޑަށް އެމެރިކާ ސިފައިން މިހާރުވެސް މިސައިލް ހަމަލާތައް ދެމުން އެބަ ގެންދެއެވެ. ކީޝް އައިލެންޑްގެ އިންޖީނުގެތަކާއި، ފެނުގެ ނިޒާމުތަކަށްވެސް ހަމަލާ ދެމުންގެންދާ ކަމަށް އީރާނު މީޑިއާއިން ބުނެއެވެ.

އަދި އީރާނުގެ އެހެން ސިޓީތަކުންވެސް ބާރުގަދަ ގޮވުންތައް ގޮވާ އަޑުތައް އިވެމުންދާ ކަމަށް އީރާނުގެ މީޑިއާއިން ބުނެއެވެ.

އެމެރިކާ ސިފައިން ދޭންފެށި ވައިގެ ހަމަލާތަކުގެ ރައްދުގައި އީރާނުންވެސް ރޭގައިވަނީ ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އީރާނު ކައިރީގައި އުޅޭ އެމެރިކާގެ މަނަވަރުތަކަށްވެސް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

އަދި މިސައިލާއި ޑްރޯން ބޭނުންކޮށްގެން އީރާނުން ކުވައިތަށް މިހާރުވެސް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން އެބަ ގެންދެއެވެ. ރިޕޯޓްތައް ބުނާގޮތުގައި އީރާނުން މިހާރު ދެމުންގެންދާ ހަމަލާތަކުގެ އަމާޒަކީ ކުވައިތުގެ އުތުރުގައި ގާއިމްކޮށްފައިވާ ތެލުގެ އިންފްރާސްޓްރަކްޗަރއެވެ.

ކުވައިތުގެ އިތުރުން، ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށާއި، ހޮރްމޫޒު ކަނޑުއޮޅީގެ އުމާންގެ ފަޅިން ދަތުރުކުރި އުޅަނދުފަހަރަށްވެސް އީރާނުންވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި