ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރި ދައުލަތުގެ ދެވަނަ ކުންފުންޏަކަށް ސްޓެލްކޯ!

Io
STO_Ads
TTH_Ads
Advertisement

އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ ހުރިހާ މަޢުލޫމާތެއް ވެބްސައިޓުގައި ޝާއިޢުކޮށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް ފުރިހަމައަށް ޢަމަލުކުރި ދައުލަތުގެ ދެވަނަ ކުންފުންޏަކަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ވެއްޖެއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިޢުކޮށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން ވަނީ ދެފުށް ފެންނަ ނިޒާމެއް ޤާއިމުކުރުމަށް މުހިންމު ފިޔަވަޅެއް އަޅާފައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މިއީ މުޅި ރާއްޖޭގެ ދައުލަތުގެ އިދާރާތަކަށް ބަލާއިރު މި ކާމިޔާބީ ހާސިލުކުރި 39 ވަނަ އިދާރާއެވެ. މިއީ ރައްޔިތުންނަށް ފަސޭހަކަމާއެކު ކުންފުނީގެ ހިންގުމާގުޅޭ މަޢުލޫމާތުތައް ލިބޭނެ މަގު ތަނަވަސްކޮށްދިން މުހިންމު ކަމެކެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ހާމަކުރުމަށް ބާރުއަޅާ ޤާނޫނެކެވެ. މި ޤާނޫނުގެ ދަށުން، ކޮންމެ އިދާރާއަކުންވެސް އެތަނެއްގެ އޮނިގަނޑާއި، ބަޖެޓާއި، މުވައްޒަފުންނާގުޅޭ މަޢުލޫމާތު ފަދަ ގިނަ ކަންތައްތަކެއް އަމިއްލަ އިސްނެގުމުގައި އާންމުކުރަން ޖެހެއެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން އެ ކުންފުނީގެ ވެބްސައިޓުގައި މި މަޢުލޫމާތުތައް ޝާއިޢުކުރުމަކީ، ރައްޔިތުންނަށް ޖަވާބުދާރީވުމަށާއި، ނަޒާހަތްތެރިކަމާއެކު ކަންކަން ހިންގުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.

HajjCop_ads
Advertisement

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ފުރަތަމަ މިކަން ފުރިހަމަކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ. އޭގެ ފަހުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުން މި ކާމިޔާބީ ހޯދުމާއެކު، ދައުލަތުގެ އެހެނިހެން ކުންފުނިތަކަށް ވެސް މިއީ ރަނގަޅު މިސާލެއް ކަމުގައި ވަނީ ވެފައެވެ. ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ޚިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުނިތަކުން މިފަދައިން އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރުމަކީ، ޚިދުމަތް ހޯދާ ފަރާތްތަކާއި ކުންފުންޏާ ދެމެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އުންމީދުކުރައްވަނީ ކުރިއަށް އޮތް ތަނުގައި ދައުލަތުގެ އިތުރު ކުންފުނިތަކާއި އިދާރާތަކުން ވެސް މި ނަމޫނާއާ އެއްގޮތަށް ޢަމަލުކުރާނެ ކަމަށެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

stelco

ތިންވަނަ ފިޔަވަހީގެ ގޯތިތަކަށް ކަރަންޓު ލިބޭނީ ލޭންޑް ޔޫސް ޕްލޭން ނިމުމުން: ސްޓެލްކޯ

ހުޅުމާލޭގައި 70 މެގަވޮޓުގެ އާ އިންޖީނުގެއެއް އެޅުމުގެ އަމަލީ މަސައްކަތް ސެޕްޓެމްބަރުގައި ފަށަނީ

stelco MD

ހުޅުމާލޭގައި 70 މެގަވޮޓުގެ އިންޖީނުގެއެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ: އަޒުވަރު

88887

ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ސްރީލަންކާގެ ސަފީރާ ބައްދަލުކުރައްވައިފި